ބަފްތާޒްގެ އެންމެ ގިނަ އެވޯޑް "އޯލް ކުޔައެޓް އޮން ދަ ވެސްޓަން ފްރަންޓް" އަށް

"އޯލް ކުޔައެޓް އޮން ދަ ވެސްޓަން ފްރަންޓް" ގެ މަންޒަރެއް. -- ފޮޓޯ: ނެޓްފްލިކްސް

"އޯލް ކުޔައެޓް އޮން ދަ ވެސްޓަން ފްރަންޓް" ގެ މަންޒަރެއް. -- ފޮޓޯ: ނެޓްފްލިކްސް

ފުރަތަމަ ބޮޑު ހަނގުރާމައިގެ މައްޗަށް އުފެއްފި ފިލްމު "އޯލް ކުޔައެޓް އޮން ދަ ވެސްޓަން ފްރަންޓް" އަަށް މި އަހަރުގެ ބަފްތާޒްގައި ހަތް އެވޯޑު ލިބިއްޖެ އެވެ.

އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު އެޑެޕްޓެޑް ސްކްރީންޕްލޭ އަދި އިނގިރޭސި ނޫން ބަހަކު އުފެއްދި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑް ވެސް ލިބުނީ އެ ފިލްމަށެވެ.

އިނގިރޭސި ފިލްމު އެކެޑެމީއިން ދޭ އެންމެ ޝަރަރުވެރި އެވޯޑްތައް ދެން އެންމެ ގިނައިން ލިބުނީ "ދަ ބެންޝީޒް އޮފް އިނިޝެރިން" އާއި "އެލްވިސް" އަށެވެ. އެ ދެ ފިލްމަށް ހަތަރު އެވޯޑް ލިބުނެވެ.

"އޯލް ކުޔައެޓް އޮން ދަ ވެސްޓަން ފްރަންޓް" އަކީ 1928 ވަނަ އަހަރު އެރިކް މާރިއާ ރެމާކް ލިޔުނު ވާހަކައެއްގެ މައްޗަށް ހެދި ފިލްމެކެވެ. އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑު ލިބުނީ އެ ފިލްމުން އެޑްވާޑް ބާގާ އަށެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑް ލިބުނީ "ދަ ބެންޝީޒް އޮފް އިނިޝެރިން" އިން ކެރީ ކޮންޑޯން އާއި ބެރީ ކިއޯގަން އަށެވެ.

ފިލްމު "އެލްވިސް" އަށް ލިބުނީ އެންމެ މޮޅު ކާސްޓިން އެންމެ މޮޅު ކޮސްޓިޔުމް ޑިޒައިން އަދި އެންމެ މޮޅު ލީޑިން އެކްޓަރުގެ އެވޯޑެވެ. އެ ފިލްމުގައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އެލްވިސްގެ ރޯލުން ފެނިގެން ދިޔައީ އޯސްޓިން ބަޓްލާ އެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ ފިލްމް "ޓާ" އިން ކޭޓް ބްލެންޗެޓް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox