އިންޓަ އިން އުދިނޭޒީ ބަލިކުރިއިރު، މޮންޒާ އަތުން މޮޅުވެ މިލާން ތިން ވަަނަ އަށް

Feb 19, 2023, 3:44 AM
އިންޓަ އިން އުދިނޭޒީ ބަލިކުރިއިރު، މޮންޒާ އަތުން މޮޅުވެ މިލާން ތިން ވަަނަ އަށް

މިލާން (ފެބްރުއަރީ 19) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން 3-1 އިން އުދިނޭޒީ ބަލިކުރިއިރު، މޮންޒާ އަތުން 1-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ސަސުއޯލޯ އަތުން 2-0 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އެއް ވަނަ މަގާމުގައި އޮތީ 23 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 23 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މިލާނަށް ވަނީ 23 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.

އިންޓަ އިން ރޭގެ މެޗުގައި ލީޑުނެގީ 20 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮމެލޫ ލުކާކޫ އެވެ. މިއީ، މި ފަހަރުގެ ސީޒަނު ލީގުގައި ފުރަތަމަ މެޗަށް ފަހު ލުކާކޫގެ ގޯލެއް ފެނުނު ފުރަތަމަ ފަހަރެވެ. އުދިނޭޒީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ބާރު ހަމަލާ އަކުން ސަންޑޯ ލޮވްރިކް އެވެ.

މެޗުގެ 73 ވަަަނަ މިނިޓްގައި އިންޓަ އަށް އަލުން ލީޑުނަގައިދިނީ ހެންރިކް މިކިތާރްޔަން ޖެހި ހިތްގައިމު ގޯލުންނެވެ. ފެޑެރީކޯ ޑި މާކޯ ދިން ބޯޅަ، މިކިތާރްޔަން ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ލަޓާރޯ މާޓީނޭޒް ވަނީ މެޗުގެ ފަހު މިނިޓްގައި އިންޓަގެ ތިން ވަަނަ ގޯލު ޖަހައި، އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ އުދިނޭޒީ ކަހަލަ ފިޒިކަލް ޓީމެއް އަތުން ފަހު ވަގުތާ ހަމައަށް ރަނގަޅަށް ކުޅެގެން މޮޅެއް ހޯދުމަކީ ސީޒަނުގެ ކުރިއަށް ހުރި މެޗުތަކުގައި ފައިދާކުރާނެ ކަމެއް ކަމަށެވެ.

މިލާންގެ ކުރީގެ ރަައީސް ސިލްވިއޯ ބަރްލުސްކޯނީގެ ކްލަބެއް ކަމަށްވާ މޮންޒާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލާންގެ ހަމައެކަނި ލަނޑު ޖެހީ 31 ވަނަ މިނިޓްގައި ޖޫނިއާ މެސިއަސް އެވެ. އޭރިއާގެ ރޮނގުކައިރިން މެސިއަސް ޖެހި ބާރު ބޯޅަ ހުއްޓުވަން މޮންޒާގެ ކީޕަރު މިޝޭލޭ ޑި ގްރެގޯރިއޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މެޗަށް ފަހު މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ރަނގަޅަށް ކުޅެގެން މޮޅެއް ހޯދަން ބޭނުންވަނީ ޑިފެންސްގައި ވެސް ތަފާތު ދައްކައިގެން ކަމަށެވެ. އަދި ކޮޅަށް ލަނޑެއް ނުވަދެ ގިނަ މެޗުތަކެއް ނިންމާލުމަކީ ނަތީޖާ ނެރުމުގައި ޓީމުގެ އިތުބާރު ބޮޑުވާނެ ސަބަބެއް ކަމަށް ޕިއޯލީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox