ބީބީސީއިން އިންޑިއާގައި ޓެކްސް ނުދައްކާ ކަމަށް ތުހުމަތުކޮށްފި

ހިންދޫ އެކްޓިވިސްޓުން ބީބީސީއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ

ހިންދޫ އެކްޓިވިސްޓުން ބީބީސީއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ

އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ބަލައި ފާސްކުރުމަށް ފަހު އެ ކުންފުނިން ޓެކްސްއަށް މަކަރު ހަދަމުންދާ ކަމަށް އިދާރާތަކުން ތުހުމަތުކޮށްފި އެވެ.

އިންޑިއާގެ ޓެކްސް އިދާރާއިން ނެރުނު ބަޔާނުގައި ސީދާ ބީބީސީގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ހަފުތާގައި ދިއްލީ އަދި މުމްބާއީގައި ބީބީސީގެ އޮފީސްތައް ބަލައި ފާސްކުރި އެވެ.

ބީބީސީއިން ބުނީ ޓެކްސް އިދާރާގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށާއި ޓެކްސް އޮފިޝަލުން ކުންފުންޏާ ސީދާ މުއާމަލާތްކޮށްފި ނަމަ ޖަވާބު ދޭނެ ކަމަށެވެ.

އިންޑިއާގައި ބީބީސީގެ އޮފީސްތައް ބަލައި ފާސްކުރަން ތިން ދުވަހުގެ އޮޕަރޭޝަނެއް ހިންގި އިރު، ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާ ޑޮކިޔުމެންޓްރީއެއް ނެރުނު މައްސަލައިގައި އިންޑިއާ ސަރުކާރުން ދާދި ފަހުން ނުރުހުން ފާޅުކުރި އެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނުގައި އިންޑިއާގެ އިންކަމް ޓެކްސް ޑިޕާޓްމަންޓުން ބުނީ ބީބީސީގެ ޔުނިޓުތަކުން އިދާރާތަކަށް ރަސްމީކޮށް ރިޕޯޓުކުރާ އާމްދަނީ އާއި ފައިދާގެ އަދަދުތަކަކީ އެ ގައުމުގައި ހިންގާ އޮޕަރޭޝަންތަކާ އަޅާ ބަލާއިރު މާ ކުޑަ އަދަދުތަކެއް ކަމަށެވެ.

"ހޯދުންތަކުން އެނގޭ ގޮތުގައި ބައެއް އާމްދަނީއަށް ދައްކަން ޖެހޭ ޓެކްސް ދައްކާފައެއް ނުވޭ."

ބީބީސީއިން ނެރުނު "އިންޑިއާ: ދަ މޯދީ ކުއެސްޝަން" އާއްމުކޮށް ޓީވީއިން ދެއްކީ އިނގިރޭސިވިލާތުގައި އެކަންޏެވެ. އެހެން ނަމަވެސް ބީބީސީގެ ވެބްސައިޓާއި ޔޫޓިއުބުން އެހެން ގައުމުތަކުގައި ތިބެގެން ވެސް އެ ޑޮކިޔުމެންޓްރީ ބެލެނޭ އެވެ.

އިންޑިއާގެ ސަރުކާރުން އެ ޑޮކިޔުމެންޓްރީ މަނާކޮށް، އެ ގައުމުގައި އޭގެ ވީޑިއޯތައް ދައުރު ކުރުން ހުއްޓުވަން ފިޔަވަޅު އެޅި އެވެ. އެއީ 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ގަތުލުއާއްމުގައި މޯދީގެ ދައުރު ތަހުގީގު ކުރި ޑޮކިޔުމެންޓްރީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox