ބޭރު މީހުންނަށް ވިއްކާ ބިން އަތުލުމުގެ ވައުދާ އެކު އިދިކޮޅު ބޮޑު އިހުތިޖާޖަކަށް

އިދިކޮޅު ޕީޕީއެމުން މީގެ ކުރިން ބޭއްވި ހިނގައިލުމެއް؛ ބޭރު މީހުނަށް ބިން ވިއްކުމާ ދެކޮޅަށް ބޮޑު އިހުތިޖާޖަކަށް ދިއުމަށް ތައްޔާރުވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމުން މީގެ ކުރިން ބޭއްވި ހިނގައިލުމެއް؛ ބޭރު މީހުނަށް ބިން ވިއްކުމާ ދެކޮޅަށް ބޮޑު އިހުތިޖާޖަކަށް ދިއުމަށް ތައްޔާރުވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ތިލަފުށިން ބިދޭސީންނަށް ބިން ގަނެވޭ ގޮތަށް ކުރި އިއުލާނާ ދެކޮޅަށް، މާލޭގައި އިދިކޮޅު ފަރާތްތަކުން ބޮޑު އިހުތިޖާޖެއް ކުރުމަށް ނިންމައި އެ ކަމުގެ ތައްޔާރީތައް ފަށައިފި އެވެ.

ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވެ އެވެ. އެ ބިން މިލްކު ކުރެވޭ ގޮތަށް 90 އިންސައްތަ ބިން ދިވެހިންނަށް ވިއްކަން ނިންމާފައިވެ އެވެ. ދިހަ އިންސައްތަ ބިންތަކަށް ބިދޭސީންނަށް ކުރިމަތިލެވޭއިރު، ބިދޭސީންނަށް އެ ތަން ދޫކުރާނީ 99 އަހަރުގެ މުއްދަތަކަށެވެ.

މި ގޮތަށް ބިދޭސީންނަށް ދޫކުރެވޭ ބިމާއި 'ގަވާއިދާ ހިލާފަށް' ބިދޭސީންނަށް ދޫކުރާ ބިންތައް އިދިކޮޅު ޕީޕީއެމްގެ ސަރުކާރެއްގައި އަތުލުމުގެ ވައުދާ އެކު، މި މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު އިހުތިޖާޖެއް ކުރުމަށް ރާވާފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"ހިނގައިލުމެއް ގޮތަށް މި އިހުތިޖާޖު ކުރިއަށް ދާނީ މާލޭގައި،" ހީނާ ވިދާޅުވި އެވެ.

ބިދޭސީންނަށް ބިން ގަނެވޭގޮތަށް މި އުސޫލު އޮތުމާއެކު ކަންބޮޑުވުން ފާޅުކުރުމަށް، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ވެރިކަންކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި އެ މައްސަލައަށް ބަހުސް ކުރުމަށް ފާހެއް ނުވެ އެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ވިޔަފާރިތައް ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ދިވެހި ދައުލަތުގެ ހަރަދުގައި ތަރައްގީ ކުރާ، "ދިވެހި ވިޔަފާރިވެރިންނަށް" މުހިންމު ތަނެއް ކަމަށާއި މިހާރު ވެސް މާލޭ ސަރަހައްދުގައި ބިމުގެ ދަތިކަން ހުރިއިރު ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުމަކީ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

އަލަށް ހިއްކަން ނިންމާފައިވާ، ތިލަފުށީ ދެވަނަ ފިޔަވަހި ހާއްސަ ކުރާނީ މައިގަނޑު ހަ ކަމަކަށް ކަމަށް ޕްލޭނުގައިވެ އެވެ.

އެއީ ޕަވާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ސްޓޯރޭޖުތަކާއި، އޮފީސް ހިންގުމަށް ދޫކުރާ ބިންތަކާއި، ތަނަވަސް ވިޔަފާރި ބަނދަރަކާއި، ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.

ޒަމާނާ އެއްގޮތަށް ތިލަފުށި ތަރައްގީވެގެން ދާއިރު، އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށް މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަކިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދިނުމަށް ޕްލޭނުގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox