މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންގެ މެނިފެސްޓޯއެއް ހަދަނީ

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންގެ މެނިފެސްޓޯއެއް ހަދަނީ

ރާއްޖޭގައި ތިމާވެށީގެ ރަށްވެހިކަން ކުރިއެރުވުމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އަމަލުކުރާނެ ގޮތްތައް ހިނެމޭ ގޮތަށް ރައްޔިތުންގެ ގައުމީ މެނިފެސްޓޯއެއް އެކުލަވާލަން ނިންމައިފި އެވެ.

މި މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ރައްޔިތުންގެ ކްލައިމެޓް އެސެމްބްލީތަކެއް މެދުވެރިކޮށް ތަފާތު ގިންތީގެ މީހުން އެއްތަނަކަށް އެއްވެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އަމިއްލަ ނިންމުންތަކެއް ނިންމުން ކަމަށް މިކަމުގައި އިސްކޮށް އުޅުނު އިކޯކެއާ މޯލްޑިވްސް އިން ބުނެ އެވެ.

އިކޯކެއާ މޯލްޑިވްސް ބުނި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެއްޓަށާއި މުޖުތަމައުއަށް ކުރާނެ އަސަރާއި ގެއްލުމަށް ހޯދިދާނެ ހައްލުތައް ދެނެގަނެ، އެ ނިންމާ ނިންމުންތަކުގެ އަލީގައި މަދަނީ ޖަމްއިއްޔާތަކާއި، އާންމު ފަރުދުންނާއި ކަމުގެ މާހިރުންގެ އެހީއާ އެކު ތިމާވެއްޓާއި، މޫސުމަށް އަމަލުކުރުމަށް ރައްޔިތުންގެ ގައުމީ މެނިފެސްޓޯއެއް އެކުލަވާލާނެ އެވެ.

Advertisement

އީކޯކެއާ އިން އިންތިޒާމުކުރަން ހަމަޖެހިފައިވާ ތިމާވެއްޓާއި މޫސުމުގެ ސިޓިޒަންސް އެސެމްބްލީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މި އެއްވުމުގެ ބައިވެރިން ގްރޫޕުތަކަށް ބެހި ތަޖުރިބާތައް ހިއްސާކޮށް ހިޔާލާއި ފިކުރުތައް ފާޅުކޮށް އެކަކު އަނެކަކުގެ ފަރާތުން އުނގެނުމަށްފަހު ރައްޔިތުންގެ ނިންމުންތަކުގެ ކަރުދާހެއް އެކުލަވާލާނެ އެވެ.

މި އެސެމްބްލީ އިންތިޒާމުކުރަނީ ތިން ދުވަހުގެ ކޮންވެންޝަނެއްގެ ގޮތުގައި އެކްސްޕަޓް ޕެނަލާއި ޕްލެނަރީ ސެޝަންތަކާއި އަދި ބްރޭކް އައުޓް ގްރޫޕް ވެސް އެކުލެވޭ އިވެންޓެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox