އޭޑީކޭގެ ވެލްނެސް ކްލަބު, ހީޓު ފިޓްނެސްއާ ގުޅިގެން ހުޅުވައިފި

އޭޑީކޭ ވެލްނެސް ކުލަބު ހުޅުވުމަށް ބޭއްވި ހަފުލާގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައްފާލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އޭޑީކޭ ވެލްނެސް ކުލަބު ހުޅުވުމަށް ބޭއްވި ހަފުލާގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައްފާލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ހީޓް ހެލްތު އެންޑު ފިޓްނެސްއާ ގުޅިގެން އޭޑީކޭގައި ވެލްނެސް ކުލަބެއް ހުޅުވައިފި އެވެ.

އޭޑީކޭ ވެލްނެސް ކުލަބަކީ ދެ ޖިމްއާއި ގްރޫޕް ވާކްއައުޓަށް ހާއްސަ ހޯލެއްގެ އިތުރުން ދުޅަހެޔޮ ކާނާ ލިބޭ ހާއްސަ ކެފޭއަކާ އެކު ހިންގާ ކުލަބެކެވެ.

އެ ހޮސްޕިޓަލުގެ ޑީ ބުލޮކުގެ އަށްވަނަ ފަންގިފިލާގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުލަބު ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

މަހުލޫފުގެ އިތުރުން އޭޑީކޭގެ އިސްވެރިންނާއި ހީޓް އެންޑު ފިޓްނެސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ވަނީ ވެލްނެސް ކުލަބުގައި ކުރިއަށް ގެންދާނެ ބައެއް ޕްރޮގުރާމުތައް ވެސް ދައްކާލާފަ އެވެ.

އޭޑީކޭ ވެލްނެސް ކުލަބުގައި ކުރިއަށް ގެންދިއުމަށް ހމަޖެހިފައިވާ ބައެއް ޕްރޮގުރާމުތައް ދައްކާލަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
އޭޑީކޭ ވެލްނެސް ކުލަބުގައި ކުރިއަށް ގެންދިއުމަށް ހމަޖެހިފައިވާ ބައެއް ޕްރޮގުރާމުތައް ދައްކާލަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އޭޑީކޭ ވެލްނެސް ކުލަބުގައި ކުރިއަށް ގެންދިއުމަށް ހމަޖެހިފައިވާ ބައެއް ޕްރޮގުރާމުތައް ދައްކާލަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެ ހަފުލާގައި ވާހަކަ ދައްކަވަމުން އެޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭޑީކޭއިން މިހާތަނަށް ހަމައެކަނި ފޯރުކޮށްދެމުން އައީ ބޭސްފަރުވާގެ ހިދުމަތް ކަމަށެވެ. އެހެންނަމަވެސް އަލަށް ހުޅުވި އެ ކުލަބާ އެކު އޭޑީކޭއިން މިހާރު އެވަނީ ވަށާޖެހޭ ސިއްހީ ނިޒާމުގެ ދޮރެއް ހުޅުވާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މިހުޅުވާލަނީ ހޮސްޕިޓަލަށް ނައިސް ހަށިހެޔޮކަމާއި ދުޅަހެޔޮކަންމަތީ ތިބުމަށް ހުޅުވާލަދޭ ދޮރެއް،" އަފްއާލް ވިދާޅުވި އެވެ.

އޭގެއިތުރުން ރޭގެ ހަފުލާގެ ޝަރަފުވެރި މެހެމާނު، މަހުލޫފު ވިދާޅުވީ މި ހިދުމަތަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޭނުން ޖެހިފައި އޮތް ހިދުމަތެއް ކަމަށާއި އޭޑީކޭ ވެލްނެސް ކުލަބުގެ ސަބަބުން ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށެވެ.

އެ ކުލަބު ހިންގުމާ ރަސްމީކޮށް ހަވާލުވެ ހުންނެވި ހީޓު އެންޑު ފިޓްނެސްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހު "އަދަދު" ނޫހަށް ވިދާޅުވީ އޭޑިކޭގެ ވެލްނެސް ކުލަބު ހިންގަމުން ދާނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ.

އެނާ ވިދާޅުވީ މާލޭގައި ހިންގާ އެހެން ޖިމްތަކާ އެ ކުލަބާ ހުރި އެންމެ ބޮޑު ތަފާތަކީ ހަކުރުބަލި ނުވަތަ ކޮލެސްޓުރޯލް ބަލި ފަދަ ދިރިއުޅުުމުގެ އާދަތައް ހުންނަގޮތުން ޖެހޭ ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނަށް ވެސް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަސްރަތުކޮށް، ދުޅަހެޔޮ ހަށިގަނޑެއް ހޯދުމުގެ މަގު އެ ކުލަބުން ފަހިކޮށްދިނުން ކަމަށެވެ.

"ވަރަށް ބޮޑަށް ފޯކަސް ކުރެވޭނެ ކޮންމެ މީހަކު ވެސް ބަލިތަކާ ދުރުވެ އެމީހެއްގެ ހަށިގަނޑުގެ ގާބިލުކަން އިތުރުކޮށްދިނުމާއި ދުޅަހެޔޮކޮށް ދިނުމާއި އޭނާގެ ދިރިއުޅުމުގައި ވަރަށް އޭބަލް ވަރަށް ޕްރޮޑަކްޓިވް މީހަކަށް ހެދުމަށް،" ޝިފާނާ ވިދާޅުވި އެވެ.

ޝިފާނާ ވިދާޅުވީ ތަފާތު އެކި ކުޅިވަރުތައް ކުޅޭ މީހުންނަށް ވެސް އާންމުކޮށް އަނިޔާއާ ކުރިމަތިލާން ޖެހެނީ ހަށިގަނޑުގެ ގާބިލުކަން ދަށްވުމުގެ ސަަބުން ކަމަށާއި އެކަމަށް ހާއްސަކޮށް އެތިލީޓުންނަށް ހާއްސަ ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ވެސް އެތަނުގައި ހިންގަމުން ގެންދާނެ ކަމަށެވެ.

"މިތަނުގައި ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮ ކަމާއި ހަށިގަނޑުގެ ގާބިލުކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭނެ،" ޝިފާނާ ވިދާޅުވި އެވެ.

ރޭގެ ހަފުލާއަށް ވަނީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންވެސް ޒިޔާރަތްކޮށް އެތަނުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރިގޮތް ބަލައިލާފަ އެވެ.

އޭޑީކޭ ވެލްނެސް ކުލަބުގައި ގުރޫޕު ފިޓްނެސް ޕެކޭޖުތަކުގެ އަގުތައް 750ރ. އިން ފެށިގެން 1500ރ. އާ ހަމައަށް ހުރިއިރު، ޖިމް ޕެކޭޖުތަކުގެ އަގުތައް ހުރީ 1000ރ. އިން ފެށިގެން ގޮސް 2300ރ. އާ ހަމައަށެވެ.

އޭޑީކޭ ވެލްނެސް ކުލަބުގެ ބައެއް މުވައްޒަފުން އެތަނުގައި ކަސްރަތު ކުރަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
އޭޑީކޭ ވެލްނެސް ކުލަބުގެ ބައެއް މުވައްޒަފުން އެތަނުގައި ކަސްރަތު ކުރަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އޭޑީކޭ ވެލްނެސް ކުލަބުގެ ބައެއް މުވައްޒަފުން އެތަނުގައި ކަސްރަތު ކުރަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ޝިފާނާ ވިދާޅުވީ އެ ކުލަބުގެ ރިސެޕްޝަނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ވެލްނެސް ކުލަބުގެ ރެޖިސްޓުރޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި އެ ފޯމުގައި އެމީހެއްގެ ސިއްހީ ތާރީހާބެހޭ ސުވާލުތައް ހުންނާނެ ކަމަށެވެ.

"ސިއްހީ މައްސަލައެއް ހުރިނަމަ އަޅުގަނޑުމެން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދާނެ އެމީހަކު އެކާ ބޭހެއްގެ ސަބަބުން ނުވަތަ އެ ބައްޔެއްގެ ގޮތުން ކޮން ގޮތަކަށްތޯ އޭނާގެ ޕްރޮގުރާމުތައް ކުރިއަށް ގެންދަންވީ، އެކަންކަން ބަލާފައި ކަސްރަތު ޕްރޮގުރާމުތައް ފަށާނީ،" އޭނާ ވިދާޅުވި އެވެ.

މީގެކުރިން އެކަން ކުރަމުން އަންނަނީ ބަލިމީހާ އަމިއްލައަށް ކަމަށާއި، އެއީ ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އަލަށް ހުޅުވި އެ ކުލަބާ އެކު އެ ހުރިހާ މަރުހަލާތަކެއް އެއްތަނަކުން ފުރިހަމަ ކުރެވޭނެ ކަމަށް ޝިފާނާ ވިދާޅުވި އެވެ.

އެތަން ހުޅުވާފައި ހުންނާނީ ފަތިހު 5:55 އިން ރޭގަނޑު 10:00 އަށް ކަމަށް އެ އޭޑީކޭއިން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox