ބިދޭސީންނަށް ތިލަފުށިން ބިން ވިއްކާ މައްސަލަ މަޖިލީހުން ބަލައިނުގަތް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް؛ ތިލަފުށިން ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ވިއްކާތީ ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި--- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް؛ ތިލަފުށިން ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ވިއްކާތީ ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި--- ފޮޓޯ: ރައީސް އޮފީސް

ބިދޭސީންނަށް ތިލަފުށިން ބިން ގަނެވޭ ގޮތަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހެދި އުސޫލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ތިލަފުށީ ޒޯން އޭގައި ހުރި ބިންތައް ވިއްކަން އެޗްޑީސީން ހެދި އުސޫލުގައި ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.

ބިދޭސީންނަށް ތިލަފުށިން ބިން ވިއްކާތީވެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.

އެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ތިލަފުއްޓަކީ ދިވެހި ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ "ދިވެހި ވިޔަފާރިވެރިންނަށް" މުހިންމު ތަނެއް ކަމަށާއި މިހާރު ވެސް މާލޭ ސަރަހައްދުގައި ބިމުގެ ދަތިކަން ހުރިއިރު ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުމަކީ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"ބިމުގެ ދަތިކަން ދިވެހި ވިޔަފާރިވެރިންނަށް މިހާރު ވެސް ކުރިމަތިވެފައިވާއިރު، ބީލަމުގެ އުސޫލުން 99 އަހަރަށް ނުއަގުގައި ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިންނަށާއި ރާއްޖެގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެ ކަމަކަށް ވާތީ،" ކުއްލި މައްސަލައިގައިވެ އެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ވިޔަފާރިތައް ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ މި އުސޫލު ބަދަލު ކުރަން ވަނީ ގޮވާލައިފަ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި، އާދަމް ޝަރީފުގެ ކުއްލި މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީނުވަ މެންބަރުންނެވެ. ވޯޓުގައި ބައިވެރިވި ބާކީ 36 މެންބަރުން ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކާ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތިލަފުށިން ބިން ގަތުމަށް ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox