މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑްއިން ހިންގަމުން އަންނަ ފެލިވަރުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވިއްކަން ފަށައިފި އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު މިފްކޯއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެފްއެސްއެމް އިން ފެލިވަރުގައި ތެޔޮ ވިއްކަން ފަށައިފައި ވާއިރު މި އެއްބަސްވުމުގެ ދަށުން މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމް އިން ތެޔޮ ވިއްކުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފެލިވަރުގައި އެފްއެސްއެމް އިން ތެޔޮ ވިއްކަން ފަށާފައިވަނީ ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ފެލިވަރުގައި ތެޔޮ ވިއްކުމަށް ދެވުނު ޝެޑިއުލްއާ އެއްގޮތަށެވެ.
މިދިޔަ މަހުގެ ތިންވަނަ ދުވަހު އެފްއެސްއެމް އިން ވަނީ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވެސް ތެޔޮ ވިއްކަން ފަށައިފަ އެވެ.













