އޮޒިލް، ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި: ރިޕޯޓް

Feb 5, 2023, 5:29 AM
އޮޒިލް، ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި: ރިޕޯޓް

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 5) - ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖަރުމަންގެ މިޑްފިލްޑަރު، މެސުޓް އޮޒިލް ނިންމައިފި އެވެ.

ތުރުކީގެ ބަސަކްޝެހީރަށް އޮޒިލް ސޮއިކުރީ މިދިޔަ ސީޒަންގައި އޭނާ ކުޅުނު ފެނަބާޗޭއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހުގަ އެވެ. ފެނަބާޗޭގެ ކޯޗަކަށް އޭރު ހުރި އިސްމާއިލް ކާޓަލް އާ މައްސަލަޖެހި އޮޒިލް މިދިޔަ ޖުލައި މަހު އޭނާގެ ކޮންޓްރެކްޓް އުވާލީ ކޮންޓްރެކްޓްގައި ބަކީ ތިން އަހަރު އޮއްވަ އެވެ. އޭގެ ފަހުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަސަކްޝެހީރަށް ސޮއިކުރުމަށް ފަހު އެ ކުލަބާ އެކުވެސް ހަދާފައިވާ ކޮންޓްރެކްޓް ހަ މަސްތެރޭގައި އުވާލަން އޭނާ ވަނީ ނިންމާފަ އެވެ.

ތުރުކީގެ ނޫސްތަކުން ބުނާ ގޮތުން އެންމެ ފަހުން ބަސަކްޝެހީރުން ކުރި ޕްރެކްޓިސްތަކުގައި ވެސް އޮޒިލް ބައިވެރިނުވެ އެވެ. އެ ކުލަބުން ލީގުގައި ކޭސެރިސްޕޯ އަތުން ބަލިވި މެޗުގެ 45 މިނެޓު އޮޒިލް ކުޅުނެވެ. ނަމަވެސް އޭގެ ފަހުން އެ ޓީގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިނުވެ އެވެ.

ކުލަބުގެ ކޮންޓްރެކްޓް އުވާލައި ފުޓްބޯޅަ ކުޅުން އެއްކޮށް ހުއްޓާލަން އޮޒިލް ނިންމާފައިވާ ކަމަށް ކުލަބުގެ ކުޅުންތެރިން ގާތު އޮޒިލް ބުނެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޮޒިލް، 34, އަށް މި ސީޒަންގައި ބަސަކްޝެހީރަށް ކުޅެވުނީ އެންމެ ހަަތަރު މެޗުގަ އެވެ. އަނިޔާގެ މައްސަލަތަކާ ހުރެ ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި އޮޒިލް ހުންނަން ޖެހުނުއިރު, އޭނާގެ ފަރާތުން ކުލަބަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭކަމަށް ކޯޗާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ޖަރުމަނުގެ ޝާލްކާ އިން 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް ދެން ބަދަލުވީ ވާޑާ ބްރެމެން އަށެވެ. އެ ޓީމަށް 2008 އިން 2010 ވަނަ އަހަރާ ހަމަ އަށް ކުޅުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި އޮޒިލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން އޮޒިލްގެ ސޮއި ހޯދި އެވެ. އެ ޓީމަށް ކުޅެދިން ތިން އަހަރު ތެރޭގައި އޮޒިލް ވެފައިވަނީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ މިޑްފީލްޑަރުންގެ ތެރޭގަ އެވެ.

އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއީ 42.3 މިލިއަން ޕައުންޑު (50 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އާސެނަލްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު، އާސެން ވެންގާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި އޮޒިލް އަށް އާސެނަލަށް ފަހުން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ އުނާއި އެމެރީ އާއި މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.

ކޯޗު އާޓެޓާގެ ޕްލޭންގައި ނުހިމެނޭތީ އޮޒިލް އާސެނަލް ދޫކޮށްލީ 2021ގަ އެވެ. އާސެނަލް ދޫކޮށްލިއިރު އޭނާ އެ ޓީމާ އެކު ތިން އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.

ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު އޮޒިލް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ޓީމުން ރިޓަޔާކުރީ އޭރު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

އޮޒިލްގެ ކެރިއަރު އަޑިގަނޑަކަށް ވެއްޓުނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.

އޭގެ ފަހުން ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުމުގައި އުނދަގޫތަކެއް ދިމާވިއިރު، 2019 ވަނަ އަހަރު ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގެ މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެ ކަމަށް ފާޑުކިޔައި އޮޒިލް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް އޭނާ އަށް ކުލަބުން ޕްރެޝަރު އަ އެވެ. އެ ގޮތުން އޮޒިލްގެ އަމަލުތައް ކުށްވެރިކޮށް އާސެނަލުން ބަޔާނެއް ވެސް ނެރުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox