ރާއްޖޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގެ މީހުން

ަދަރުމަވަންތަ ހޮސްޕިޓަލް

ަދަރުމަވަންތަ ހޮސްޕިޓަލް

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މަރުވަނީ ކެންސަރު ބަލީގައި ކަމަށް 2020 އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށެވެ.

ކެންސަރު ބަލީގައި ވަރަށް ގިނަ ވައްތަރު ހުރެ އެވެ. މި ބައްޔަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އުފެދިދާނެ އަދި ކެންސަރު އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއްނެތި ބޮޑުވެ، ބައްޔަށް ފަރުވާ ނުހޯދިއްޖެ ނަމަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިގެންދާނެ ބައްޔެކެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ބަނޑާއި ފުރަމޭގެ ކެންސަރު ހިމެނެ އެވެ. އަދި އަންހެނުންގެ ތެރޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 އިން 2019 އަށް ކެންސަރު ބައްޔަށް 7500 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންގެ ތެރެއިން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ އުރަމަތީ ކެންސަރަށެވެ.

ކެންސަރު ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

  • ހެޕަޓައިޓިސް ބީ އާއި ހިއުމަން ޕެޕިލޯލް ވައިރަސް (އެޗްޕީވީ)ވެކްސިން ޖެހުން
  • އަވިން (އަލްޓްރާވައިލެޓް ރޭޑިއޭޝަން) ރައްކާތރެިވުން
  • ދަރިފުޅަށް ގާތުން ކިރުދިނުން
  • ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
  • ކެއުމުގައި މޭވާ އާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުންކުރުން
  • ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެެއްޓުން
  • ގަވާއިދުން ކެންސަރު ބައްޔަށް ސްކްރީންކުރުން
  • ވައި ތަޣައްޔަރުވުން ކުޑަކުރުމާއި، ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުން

ކެންސަރު ބަލިން މީހުން ރައްކާތެރިކޮށް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގައި، ދުރާލާ ބަލި ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމްތައް ހިންގުމުގައި ޝާމިލްވާ ސިއްހީ ހިދުމަތްތެރިންނަށް ތަމްރީނު ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކެންސަރު ޖެހޭ މިންވަރާ، ކެންސަރުގެ އާންމު ވައްތަރުތަކާ ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު އެއްކޮށް، އެފަރާތްތަކަށް ދޭންޖެހޭ ފަރުވާ އާއި އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް ތަފާސް ހިސާބުތައް އެއްކުރުމަށް ބޭނުންވާ "ކެންސަރ ރަޖިސްޓްރީ" ގާއިމްކުރުން ހިމެނެ އެވެ.

މި އަހަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުރަމާ" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox