އުމުރުން 16 އަހަރުގެ ކުޑަ އަަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ އަތޮޅު)ގައި ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 73 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އަދި، މި މައްސަލަ އިތުރަށް ތަހުގީގުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިންތިހާއަށް އަަންނަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ހިމެނެނީ ކޮންމެވެސް ގޮތަކުން އެކުދިންނާ އިތުބާރުކުރެވޭ ފަދަ ގާތްކަމެއް ހުންނަ މީހުންކަން ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު ފަހު ހަމަސް ދުވަހު އެކަނިވެސް ކުޑަކުދިންނާ ގުޅުންހުރި މިފަދަ 933 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ.













