ސްވިޑަންގައި ކީރިތި ގުރުއާނަށް އިހާނެތިކޮށްހިތި އަމަލު، ސަރުކާރުން ކުށްވެރިކޮށްފި

ސްވިޑަންގައި ކީރިތި ގުރުއާނަށް އިހާނެތިކޮށްހިތި އަމަލު، ސަރުކާރުން ކުށްވެރިކޮށްފި

ސްވިޑަންގެ ޑެންމާކްގައި ގުރުއާން އެންދުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ޑެންމާކްގައި ގުރުއާން އަންދާފައިވަނީ ސްވިޑަންގެ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ސްޓްރޭމް ކުރުސްގެ ލީޑަރު ލީޑަރު ރަސްމުސް ޕަލުދަމް އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ދިން ގެއްލުމެއް ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ، މި ނިކަމެތި އަދި އިހާނެތި އަމަލު ތަކުރާރުވުމަކީ، ހަމައެކަނި ގުޅިފައިވާ ކަމެއް ނޫން ކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

Advertisement

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި އަމަލުތަކުގެ ސަބަބުން ޓޮލަރެންސްގެ އަސާސްތައް ދެމެހެއްޓުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުން އިތުރުވެ، ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އެއްބައިވަންތަކަމުގެ އުސޫލުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޑެންމާކުގެ ކޯޕަންހޭގަންގައި، ސްވިޑަންގެ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއަކުން ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ގުރްއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ސަރުކާރުން ކުށްވެރިކުރިއިރު ދާދިފަހުން ޔޫރަޕްގެ ގައުމެއްކަމަށްވާ ސްވިޑެންގެ ހަރުކަށި ސިޔާސީ ފަރާތެއްކަމަށްވާ ރަސްމުސް ޕަލުޑެން، މުޞްޙަފެއްގައި ރޯކޮށްލައި މުސްލިމުންނަށް ފުރައްސާރަކޮށް ހިންގި އަމަލުވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

ސްވިޑެންގެ ސަރުކާރާއި ފުލުހުންގެ ފުރިހަމަ ތާއިދާއެކު އިސްލާމް ދީނާއި މުސްލިމު އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މިފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑެންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox