ގައުމީ ވޮލީ މުބާރާތް: އީގަލްސް އަށް ދެ ވަނަ މޮޅު، ކްލަބް ވޮލީބޯލް އިން ވެމްކޯ ބަލިކޮށްފި

Jan 23, 2023, 3:38 AM
ކްލަބް ވޮލީބޯލްގެ ނިލަޕާ (ކ) ފޮނުވާލާ ބޯޅައެއް ވެމްކޯގެ ކުޅުންތެރިން ބްލޮކްކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ވޮލީބޯލްގެ ނިލަޕާ (ކ) ފޮނުވާލާ ބޯޅައެއް ވެމްކޯގެ ކުޅުންތެރިން ބްލޮކްކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގައި ކްލަބް އީގަލްސް އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، ކްލަބް ވޮލީބޯލް އިން ކްލަބް ވެމްކޯގެ މައްޗަށް ކުރިހޯދައިފި އެވެ.

އިއްޔެ ހަވީރު ޕޮލިސް ކްލަބް އަތުން އީގަލްސް މޮޅުވީ 3-2 ސެޓުންނެވެ. އީގަލްސް ފުރަތަމަ މެޗުން ކްލަބް ވޮލީބޯލް އަތުން މޮޅުވީ ވެސް ފަސް ސެޓު ކުޅެގެންނެވެ. ފުރަަތަމަ މެޗުން ބަލިވި ކްލަބް ވޮލީބޯލް އިން ވަނީ ވަރުގަދަކޮށް، އެނބުރި އައިސް ވެމްކޯގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ ފުރަތަމަ ދެ ސެޓު ގެންގޮސްފަ އެވެ. އެއީ 25-19، 25-18 އިންނެވެ. އެކަމަކު، ފުރަތަމަ ދެ ސެޓުގައި ދެއްކި ހިތްވަރު، އީގަލްސް އަށް ދެން ކުޅުނު ދެ ސެޓުގައި އެންމެ އެކަށީގެންވާ ވަރަށް ނުދެއްކުނުއިރު، އެ ޓީމަށް ގިނަ ގޯސްތަކެއް ހެދި، ޕޮލިސް ޓީމަށް އޭގެ ފައިދާ ނަގަން ފުރުސަތު ލިބުނެވެ.

ޕޮލިހުން ވަނީ ތިން ވަނަ ސެޓާއި ހަަތަރު ވަނަ ސެޓު، 18-25، 23-25 އިން ގެންގޮސް، މެޗު ޑިސައިޑިން ސެޓަކަށް ގެންގޮސްފަ އެވެ.

ނަތީޖާ ނެރެން ކުޅުނު ސެޓުގައި އީގަލްސް އިން ކުޅުން ރަނގަޅުކުރުމުގެ ނަތީޖާ އަކަށްވީ 15-09 އިން ސެޓު ކާމިިޔާބުކޮށް އެ ޓީމު މެޗުން މޮޅުވުމެވެ. މި މެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ އީގަލްސްގެ ކޮލަމްބިއާ ތަރި، މަނުއެލާ ސިއޭރާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗަށް ނުކުމެ، ކްލަބް ވޮލީބޯލް އިން ވަނީ ފުރަތަމަ ސެޓު، 25-19 އިން ގެންގޮސްފަ އެވެ. ވެމްކޯ އިން ކުޅުން ރަނގަޅުކޮށް، 16-25 އިން ދެ ވަނަ ސެޓު ގެންގޮސް އެއްވަރުކުރި އެވެ.

އެކަމަކު، ތިން ވަނަ ސެޓުގައި ޕޮއިންޓްތައް ގާތްގާތުގައި ގޮސް، ކްލަބް ވޮލީބޯލް އިން މުހިންމު ވަގުތުތަކުގައި ރަނގަޅު އެޓޭކްތަކެއްކޮށް، ހޯދި ޕޮއިންޓްތަކާ އެކު، 26-24 އިން ސެޓު ގެންދިޔަ އެވެ. ހަތަރު ވަނަ ސެޓުގައި، ވެމްކޯގެ ކުޅުންތެރިންގެ ފަރާތުން ޑިފެންސް ބޯޅަތަކުގައި ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، ކްލަބް ވޮލީބޯލް އިން ދިޔައީ ރަނގަޅު ލީޑެއް ދަމަހައްޓަމުންނެވެ. ނަތީޖާ އަކަށްވީ، 25-16 އިން ސެޓު ގެންގޮސް ކްލަބް ވޮލީބޯލް މެޗުން މޮޅުވުމެވެ.

ރޭގެ މެޗުން ކްލަބް ވޮލީބޯލް މޮޅުކޮށްދޭން އެންމެ ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލަށް ކުޅޭ ތައިލެންޑް ކުޅުންތެރިޔާ، ނިލާޕާ ޗަޓްސުދާ އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗެވެ. ހަވީރު، 16:15 ގައި ކްލަބް ވޮލީބޯލް އާއި ޕޮލިސް ކްލަބް ކުޅޭ މެޗު އޮތްއިރު، މިރޭ ކްލަބް އީގަލްސް އިން ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. އެ މެޗު ފަށާނީ 20:15 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox