އެތުލެޓިކޯ ގަދަ ހަތަރެއްގައި، ސޮސިއެޑާޑް ކުރިއަށް

Jan 22, 2023, 4:15 AM
ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.

މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން 3-0 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް ލީގުގެ ހަތަރު ވަނައިގައި އޮތްއިރު، ރަށުންބޭރުގައި 2-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް ސޮސިއެޑާޑުން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ރޭގެ ނަތީޖާތަކާ އެކު، ސޮސިއެޑާޑުން ވަނީ ލީގުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 16 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސޮސިއެޑާޑަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އެތުލެޓިކޯ އޮތީ 18 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި އަކީ އެންޓޮއިން ގްރީޒްމަން އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ގްރީޒްމަން ދިން ބޯޅައަކުން އެތުލެޓިކޯ އަށް ލީޑުނަގައިިދިނީ އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ މި ލަނޑު ޖެހީ، ވަލޮޑޮލިޑްގެ ކުޅުންތެރިއަކު ކައިރިން ނައްޓައިފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ނަހުއެލް މޮލީނާ ނެގި ހުރަހަކަށް އަރައި، އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ގްރީޒްމަން އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ތިން ވަނަ ގޯލު ޖެހީ މާރިއޯ ހާމޯސޯ އެވެ. މިއީ ގްރީޒްމަން ހިލޭ ޖެހުމަކުން ނަގައިިދިން ބޯޅައަކުން، ހާމޯސޯ ބޮލުން ފޮނުވާލި ހަމަލާ ވަލޮޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް މަތަކުރުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ދާދި ފަހުން، ބާސެލޯނާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި މެމްފިސް ޑިޕާއި މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރި އެވެ. ދެ ވަނަ ހާފުގައި އެތުލެޓިކޯ އަށް ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ އެންހެލް ކޮރޭއާ އެވެ. އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރަޔޯ ވަޔެކާނޯ ކޮޅަށް ސޮސިއެޑާޑަށް ލީޑުނަގައިިދިނީ 15 ވަނަ މިނިޓްގައި ނޯވޭގެ ފޯވާޑް އަލެކްސަންޑަ ސޯލޯތު އެވެ. މިއީ ސޮސިއެޑާޑްގެ ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސޯލޯތު ޖެހި ގޯލެކެވެ. ސޮސިއެޑާޑްގެ ދެ ވަނަ ގޯލު ޖެހި އަންޑާ ބަރެނެޓްޒާ އެވެ.

ސެވިއްޔާ އިން ވަނީ 1-0 އިން ކަޑިޒް ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވާން މުހިންމު މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ސެވިއްޔާގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅުގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ އިވާން ރަކިޓިޗް އެެވެ. މި މެޗުގައި ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ވަނީ ކާޑު ދައްކައި، ބެންޗުން ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox