ރޭޕްގެ ކުށް ސާބިތުވުމުން ކުރި 40 އަހަރުގެ ހުކުމް؛ ސިޕީގެ ތައުރީފް ފުލުހުންގެ ތަހުގީގަށް

ސީޕީ ވަނީ 40 އަހަރުގެ ޖަަލު ހުކުމް އައި މައްސަލަ ތަހުގީގުކުރި ފުލުހުންނަށް ތައުރީފްކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ސީޕީ ވަނީ 40 އަހަރުގެ ޖަަލު ހުކުމް އައި މައްސަލަ ތަހުގީގުކުރި ފުލުހުންނަށް ތައުރީފްކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުއްޖަކު ރޭޕްކޮށް އެކުއްޖާގެ ބަރަހަނާ ފޮޓޯ ނަގައި އޮރިޔާންކާޑު އުފެއްދި މީހާގެ މައްޗަށް މިދިޔަ ބުދަ ދުވަހު އިއްވި 40 އަހަަރުގެ ޖަލު ހުކުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މި މައްސަލަ ތަަހުގީގުކުރި ފުލުހުންގެ ޓީމަށް ތައުރީފް ކުރައްވައިފި އެވެ.

މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުހައްމަދު ޝަޒްލީފް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މި މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވި ލ. ގަމު ޕޮލިސް ސްޓޭޝަނުގެ ސީނިއަރ ސާޖެންޓު ހުސެއިން އާދިލްގެ މި ތަހުގީގުގައި ކުރި މަސައްކަތް ފާހަގަކުރައްވާފަ އެވެ.

އަދި, އެ ކުއްޖާއަށް ލިބުނު އަނިޔާގެ ހައްގު އަދަބު ދެވުމުން ދޭހަވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރާ މިންވަރުކަން ވެސް ސީޕީ ފާހަގަ ކުރެއްވި އެވެ.

ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް 2018 ވަނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ ކުއްޖާ ގެންގޮސް، ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނެގިކަން ޝަޒްލީފްގެ މައްޗަށް ސާބިތުވި އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރީ ރޭޕްކުރުމުގެ ކުށަށް 20 އަހަރަށް ޖަލަށް ލުމަށް އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، އިތުރު 20 އަހަރަށް ޖަލަށް ލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox