މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ އެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ މެންދަމު 12:37 ހާއިރު ކަމަށެވެ.
ޒަހަމްވި މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.













