ހީތުރޯ އެއާޕޯޓުން ޔުރޭނިއަމްގެ އަސަރު ފެނުމުން މީހަކު ހައްޔަރުކޮށްފި

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ޔުރޭނިއަމްގެ އަސަރު ފެނުނީ ޑިސެމްބަރު މަހު. -- ފޮޓޯ: ޕީއޭ މީޑިއާ

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ޔުރޭނިއަމްގެ އަސަރު ފެނުނީ ޑިސެމްބަރު މަހު. -- ފޮޓޯ: ޕީއޭ މީޑިއާ

މިދިޔަ ޑިސެމްބަރު މަހު ލަންޑަންގެ ހީތުރޯ އެއާޕޯޓުން ޔުރޭނިއަމްގެ އަސަރު ފެނުމުން ޓެރަރިޒަމްގެ ތުހުމަތުގައި އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގެޔެއް ކައުންޓާ ޓެރަރިޒަމް ފުލުހުން މިދިޔަ ހުކުރު ދުވަހު ބަލައި ފާސްކުރި އެވެ. އެއީ ޗެޝަޔާ ސަރަހައްދުގައި ހުންނަ ގެޔެކެވެ.

ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ އިނގިރޭސި ޓެރަރިޒަމް މަަނާކުރުމުގެ ގާނޫނުގެ ނުވަ ވަނަ ސެކްޝަންގެ ދަށުންނެވެ. އެއީ ރޭޑިއޯއެކްޓިވް ޑިވައިސް އަދި ތަކެތި އުފެއްދުމާއި ގެންގުޅުމާ ގުޅުން ހުރި ސެކްޝަނެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުން ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން އަންނަ އެޕްރީލް މަހާ ހަމައަށް ތުހުމަތު ކުރެވޭ މީހާ ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާ އިރު، މިއީ އާއްމުންނަށް ސީދާ ނުރައްކަލެއް ވެދާނެ ފަދަ ކަމެއްގެ ގޮތުގައި ފާހަގަނުވާ ކަމަށެވެ. އެކަން ޔަގީންކުރުމުގެ ތަހުގީގު ދަނީ ކުރިއަށެވެ.

އިނގިރޭސި ބޯޑާ ފައުޖުގެ އޮފިސަރުންނަށް ރޭޑިއޯއެކްޓިވް ތަކެތި ފެނުނީ ޑިސެމްބަރު 29 ވަނަ ދުވަހު ދަގަނޑުގެ ޝިޕްމަންޓެއް ސްކްރީން ކުރަމުން ދަނިކޮށެވެ.

ޔުރޭނިއަމްއަކީ ގުދުރަތީ ގޮތުން އުފެދޭ މާއްދާއެކެވެ. ޔުރޭނިއަމް މުއްސަނދި ކުރުމުން ނިޔުކްލިއާއާ ގުޅުން ހުރި ކަންކަމަށް ބޭނުންކުރެވޭނެ އެވެ.

ޔުރޭނިއަމް މުއްސަނދި ކުރަނީ ސެންޓްރިފިއުޖް މެޝިނުގެ އެހީގަ އެވެ. އެއީ އާދަޔާ ހިލާފު ބާރުމިނެއްގައި އެނބުރުމުގެ ގާބިލްކަން ލިބިފައިވާ މެޝިނެކެވެ.

ތަންކޮޅެއް ކުޑަކޮށް މުއްސަނދިކޮށްފައި ހުންނަ ޔުރޭނިއަމް ބޭނުންކުރަނީ ނިޔުކްލިއާއިން ހަކަތަ އުފައްދާ ޕްލާންޓްތަކުގައި ތެލުގެ ބަދަލުގަ އެވެ.

ވިހި ޕަސެންޓަށް ވުރެ މައްޗަށް މުއްސަނދިކޮށްފައި ހުންނަ ޔުރޭނިއަމް ބޭނުންކުރަނީ ދިރާސާކުރަން ހާއްސަ ރިއެކްޓަރުތަކުގަ އެވެ. ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ ޔުރޭނިއަމް ހުންނަނީ 90 ޕަސެންޓަށް ވުރެ މައްޗަށް މުއްސަނދިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox