ހުރިހާ ކަމެއް ބޭޒާރުކޮށްފި ނަމަ އާއިލާއިން ދުވަހަކު ވެސް މައާފު ނުކުރާނެ: ހެރީ

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާ ގުޅޭ ހުރިހާ ކަމެއް ބޭޒާރުކޮށްފި ނަމަ، އާއިލާއިން ދުވަހަކު ވެސް މައާފު ނުކުރާނެ ކަމަށް އަމީރު ހެރީ ވިދާޅުވެއްޖެ އެވެ.

ޑެއިލީ ޓެލެގްރާފަށް ދެއްވި އިންޓަވިއުގައި ހެރީ ވިދާޅުވީ ދެ ފޮތް ލިޔެވޭހާ ވާހަކަ އެބަހުރި ކަމަށާއި ބައެއް ކަންކަން ފޮތުގައި ނުހިމަނަން ނިންމީ ބައްޕާފުޅާއި ބޭބޭފުޅު ދުވަހަކު ވެސް މައާފު ނުކުރާނެތީ ކަމަށެވެ.

ހެރީގެ ހަޔާތުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޮގްރަފީ "ސްޕެއާ" ވިއްކަން ފެށީ މިދިޔަ ހަފުތާގަ އެވެ. އެ ފޮތުގައި ވަނީ ހެރީގެ ޒާތީ ކަންކަމާއި ޝާހީ އާއިލާގެ މެމްބަރުންނާ އޮތް ގުޅުން ކިޔައިދީފަ އެވެ.

ހެރީ ވިދާޅުވީ "ދުނިޔެއަށް އެނގެން ބޭނުން ނުވާ ގިނަ ކަންތައްތަކެއް އެބަ ހުރި" ކަމަށާއި ޝާހީ އާއިލާއިން އަނބިކަނބަލުން މޭގަންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށެވެ.

"ސްޕެއާ" އާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ ބުނެފަ އެވެ.

އަންގާރަ ދުވަހު އިނގިރޭސިވިލާތުގައި ނެރުނު "ސްޕެއާ"އަކީ މިހާތަނަށް އެ ގައުމުގެ ތާރީހުގައި އެންމެ އަވަހަށް ވިކި ހުސްވަމުންދާ "ނަން ފިކްޝަން" ފޮތެވެ.

ފޮތް ވިއްކަން ފެށުމުގެ ކުރިން ގިނަ ތަފުސީލްތަކެއް މީޑިއާއިން އާއްމުކުރި ނަމަވެސް، މިހާތަނަށް އޭގެ 400،000 އަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox