ބްރެޒިލް ހަމަނުޖެހުމުގައި ކުރީގެ ރައީސްގެ ބައިވެރިވުމެއް އޮތްތޯ ތަހުގީގު ކުރަނީ

ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބްރެޒިލްގެ ވެރިރަށް ބްރެސިލިއާގައި ސަރުކާރުގެ އިމާރާތްތަކުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯގެ ބައިވެރިވުމެއް އޮތްތޯ ތަހުގީގު ކުރަން ސުޕްރީމް ކޯޓުން ފުރުސަތު ދީފި އެވެ.

ޖެނުއަރީ އަށް ވަނަ ދުވަހު ހިންގި ހަމަނުޖެހުމަށް ޒިންމާވާން ޖެހޭ ކަމަށް ބެލެވޭ މީހުންގެ ލިސްޓުގައި ބޮލްސޮނާރޯގެ ނަން މިހާރު ވަނީ ހިމެނިފަ އެވެ. އެ ދުވަހު ހަމަނުޖެހުން ހިންގީ ބޮލްސޮނާރޯގެ ސަޕޯޓަރުންނެވެ.

ބޮލްސޮނާރޯ ވަނީ މިދިޔަ އޮކްޓޯބަރު މަހު އޮތް ރިޔާސީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ވީޑިއޯއެއް އާއްމު ކުރައްވައިފަ އެވެ. ޕްރޮސެކިއުޓަރުން ބުނީ ބޮލްސޮނާރޯގެ އެ ތުހުމަތާ ހެދި ހަމަނުޖެހުމަށް މަގުފަހިވެފައިވުން އެކަށީގެންވާ ކަމަށެވެ.

އެ ވީޑިއޯގައި ބޮލްސޮނާރޯ ވިދާޅުވީ މިހާރުގެ ރައީސް ލުއިޒް އިނާޗިއޯ ލޫލާ ޑަ ސިލްވާ އެ މަގާމަށް ވަޑައިގެންނެވީ ރައްޔިތުންގެ ވޯޓުން ނޫން ކަމަށާއި އެމަނިކުފާނަކީ ސުޕްރީމް ކޯޓާއި އިލެކްޝަން ކޮމިޝަންގެ "ހޮވުމެއް" ކަމަށެވެ.

ވީޑިއޯ އާއްމުކުރީ ހަމަނުޖެހުން ހިންގި ފަހުންނެވެ. އާއްމުކުރިތާ އިރުކޮޅެއް ފަހު ވީޑިއޯ ޑިލީޓްކުރި އެވެ. ޕްރޮސެކިއުޓަރުން ބުނީ ހަމަނުޖެހުމުގެ ފަހުން ވީޑިއޯ އާއްމުކުރި ނަމަވެސް، އޭގެ ކުރިން ބޮލްސޮނާރޯގެ ވާހަކަތަކާއި އިރުޝާދުތަކުން ހަމަނުޖެހުމަށް މަގުފަހިވެފައިވުން އެކަށީގެންވާ ކަމަށެވެ.

ބޮލްސޮނާރޯގެ ސަޕޯޓަރުން މިދިޔަ އާދީއްތަ ދުވަހު ކޮންގްރެސް އަދި ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ ގެއްލުންތަކެއް ދިނެވެ. އޭގެ އިތުރުން ރިޔާސީ ގަނޑުވަރު ވަށާލައި އެ ތަނަށް ވަނުމަށް ވެސް މަސައްކަތް ކުރި އެވެ.

އޭގެ ކުރިން އެ މީހުން ތިބީ ބްރެސިލިއާގެ އެކި ހިސާބުތަކުގައި ޓެންޓު ޖަހައިގެން މުޒާހަރާ ކުރުމަށެވެ. އެ މީހުން ގޮވަމުން ދިޔައީ އަސްކަރީ ބަގާވާތެއް ހިންގުމަށެވެ. ހަމަނުޖެހުން ހިންގީ އާ ރައީސް ލޫލާ މަގާމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ފަހުންނެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގެން ބޮލްސޮނާރޯ ހުންނެވީ އެމެރިކާގެ ފްލޮރިޑާގަ އެވެ. އުމުރުން 67 އަހަރުގެ ބޮލްސޮނާރޯ ވިދާޅުވީ ހަމަނުޖެހުން ހިންގުމާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ހާދިސާ ކުށްވެރި ކުރާ ކަމަށެވެ.

ހޯމަ ދުވަހު ސިއްހީ މަައްސަލައެއް ދިމާވެ، ބޮލްސޮނާރޯ ހޮސްޕިޓަލުގައި އެޑްމިޓު ކުރެއްވި އެވެ. ހަމަނުޖެހުން ކުށްވެރިކޮށް ބްރެޒިލްގެ އެކި ހިސާބުތަކުގައި މިހާރު ދަނީ ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox