އިންޑިއާގެ ދެ ކޯފް ސިރަޕެއް ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން އަންގައިފި

ޑަބްލިއުއެޗްއޯއިން އެލާޓް ނެރުނީ އުޒްބެކިސްތާނުން ކުދިންތަކެއް މަރުވުމާ ގުޅިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޑަބްލިއުއެޗްއޯއިން އެލާޓް ނެރުނީ އުޒްބެކިސްތާނުން ކުދިންތަކެއް މަރުވުމާ ގުޅިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އުޒްބެކިސްތާނުގައި ކުދިންތަކެއް މަރުވުމާ ގުޅިފައިވާ ދެ ބާވަތެއްގެ ކޯފް ސިރަޕް ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގައިފި އެވެ.

އެއީ އިންޑިއާގެ މެރިއޯން ބަޔޯޓެކުން އުފެއްދި ދެ ބޭހެވެ. ޑަބްލިއުއެޗްއޯއިން ބުނީ އެ ބޭސްތައް ހުރީ "ސްޓޭންޑަޑް ނުހިފަހައްޓައި" ކަމަށާއި އޭގެ ރައްކާތެރިކަމުގެ ގެރެންޓީ ކުންފުނިން ފޯރުކޮށްނުދިން ކަމަށެވެ.

ދާދި ފަހުން އުޒްބެކިސްތާނުން ބުނީ މެރިއޯން ބަޔޯޓެކްގެ ކޯފް ސިރަޕް ބޮއެގެން 18 ކުދިން މަރުވެފައިވާ ކަމަށެވެ. ޑަަބްލިއުއެޗްއޯގެ އެލާޓާ ގުޅިގެން އެ ކުންފުނިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އުޒްބެކިސްތާނުން ކުދިން މަރުވިކަން ރިޕޯޓު ކުރުމުން މެރިއޯން ބަޔޯޓެކްގެ ޕްރޮޑަކްޝަން މެދުކަނޑާލަން އިންޑިއާގެ ހެލްތު މިނިސްޓްރީއިން އެންގި އެވެ.

މި ހަފުތާގައި އުއްތަރް ޕްރަދޭޝް ސްޓޭޓުގެ ފުޑް ސޭފްޓީ ޑިޕާޓްމަންޓުން އެ ކުންފުނީ ޕްރޮޑަކްޝަން ލައިސެންސް ވެސް ސަސްޕެންޑް ކުރި އެވެ. މެރިއޯން ބަޔޯޓެކަކީ އެ ސްޓޭޓުގައި ހުންނަ ކުންފުންޏެވެ.

ބުރާސްފަތި ދުވަހު ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓުގައި ބުނީ "އެމްބްރޮނޯލް" އަދި "ޑޮކް-1 މެކްސް" ކޯފް ސިރަޕްގެ ތަހުލީލު ހެދި އިރު، "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ވަރަށް ގިނައިން ހުރި ކަމަށެވެ. އެ ޓެސްޓު ހެދީ އުޒްބެކިސްތާނުގެ ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮންޓްރޯލް ލެބޯޓަރީތަކުގަ އެވެ.

"ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ އޭގެން މަރުވުމުގެ ފުރުސަތު ބޮޑެވެ.

"މި ދެ ފުފެއްދުން ވެސް މި ސަރަހައްދުގެ އެހެން ގައުމުތަކުގައި މާކެޓު ކުރަމުން ގޮސްފައިވުން އެކަށީގެންވޭ. ނުރަސްމީ މާކެޓުތައް މެދުވެރިކޮށް މި ނޫން ސަރަހައްދުތަކާއި ގައުމުތަކުގައި ފަތުރާފައިވުން އެކަށީގެންވޭ،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

އިންޑިއާގައި އުފެއްދި ހަތަރު ބާވަތެއްގެ ކޯފް ސިރަޕް ބޮއެގެން ގެމްބިއާގައި 70 ކުދިން މަރުވި މައްސަލައިގައި ބޭސްތައް އުފެއްދި ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން ގެމްބިއާގެ ޕާލަމެންޓް ކޮމިޓީއިން ދާދި ފަހުން ލަފާދިނެވެ.

އެކަމަކު އިންޑިއާ ސަރުކާރުގެ ލެބުތަކުގައި ކޯފް ސިރަޕްތައް ޓެސްޓު ކުރުމަށް ފަަހު ބުނީ އެ ބޭސްތައް ތައްޔާރުކޮށްފައި ހުރީ "މިންގަނޑުތަކާ އެއް ގޮތަށް" ކަމަށެވެ. މިދިޔަ ހަފުތާގައި އިންޑިއާގެ އޮފިޝަލަކު ބުނީ މަރުތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން "ކޯފް ސިރަޕް ގޯސްކުރީ" ރަނގަޅަށް ބަލަން ޖެހޭ ކަންކަން ނުބަލައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox