ޕާމާ އަތުން އިންޓަ ސަލާމަތްވީ އިތުުރު ވަގުތުގައި

Jan 11, 2023, 7:06 AM
ޕާމާގެ ޖުރިޗް (ވ) އިންޓަގެ ލަޓާރޯ ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕާމާގެ ޖުރިޗް (ވ) އިންޓަގެ ލަޓާރޯ ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރޯމް (ޖެނުއަރީ 11) - އެކްސްޓްރާ ޓައިމްގެ ފަހުކޮޅު ފްރަންޗެސްކޯ އަޗޭބީ ޖެހި ލަނޑާ އެކު، އިޓާލިއަން ކަޕްގެ ގަދަ 16 ގެ ބުރުގައި ރޭ ޕާމާ އަތުން 2-1 އިން މޮޅުވެ، އިންޓަ, ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މެޗުގެ 38 ވަނަ މިނިޓްގައި ޕާމާ އިން ލީޑު ނެގީ 38 ވަނަ މިނިޓުގައި ސްޓަންކޯ ޖޫރިކް ޖެހި ލަނޑެވެ. އިޓަލީގެ ދެ ވަނަ ޑިވިޝަންގައި އޮތް ޕާމާގެ ޖޫރިކް މެޗު 26 ވަނަ މިނިޓުގައި ކުޅެން އެރީ ޑެނިސް މޭން އަށް ލިބުނު އަނިޔާ އަކާ ގުޅިގެންނެވެ.

އަނިޔާގެ މައްސަލަތަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ޕާމާގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާލުއީޖީ ބުފޮން ރޭގެ މެޗުގައި ކުޅުނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަ އަށް ބުފޯން ހުރި ގޯލަށް ހަމަލާއެއް އަމާޒެއް ނުކުރެވުނެވެ. މުހިންމު ބައެއް ކުޅުންތެރިން ބެންޗަށް ލައިގެން މެޗު ފެށި އިންޓަ އަށް ޕާމާގެ ޑިފެންސް ފޫއަޅުވާލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށެވެ.

މެޗުގެ 88 ވަނަ މިނިޓުގައި އިންޓަ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. މެޗުގެ އިތުރު ވަގުތުގައި އިންޓާގެ އެޑިން ޖެކޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބުފޯން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިަހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާ ޓައިމްގައި އިންޓަ އިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ އަޗޭބީ ޖެހި ލަނޑުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox