ކޮންގްރެސް ތެރެއަށް ވަދެ ގެއްލުން ދިން މީހުންނަށް ފިޔަވަޅު އަޅާނަން: ބްރެޒިލްގެ ރައީސް

ހަމަނުޖެހިން ހިންގި މީހުން ފޮނުވާލަން ފުލުހުން ކަރުނާ ގޭސް ބޭނުންކުރި. -- ފޮޓޯ: އީޕީއޭ

ހަމަނުޖެހިން ހިންގި މީހުން ފޮނުވާލަން ފުލުހުން ކަރުނާ ގޭސް ބޭނުންކުރި. -- ފޮޓޯ: އީޕީއޭ

ބްރެޒިލްގެ ކޮންގްރެސް އިމާރާތުގެ ތެރެއަށް ވަދެ ގެއްލުން ދިން މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް ލުއިޒް އިނާޗިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް އާއި ސުޕްރީމް ކޯޓަށް ވަދެގަނެ، ރިޔާސީ ގަނޑުވަރު ވަށާލައި ގެއްލުން ދިނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯގެ ސަޕޯޓަރުންނެވެ.

ވެރިރަށް ބްރެސިލިއާގައި ހުންނަ އެ އިމާރާތްތަކުގެ ކޮންޓްރޯލް ފުލުހުން މިހާރު ވަނީ ހޯދައިފަ އެވެ. ރައީސް ލޫލާ ވަނީ ލިބިފައިވާ ގެއްލުން ބައްލަވާލައްވައިފަ އެވެ.

ބްރެސިލިއާގެ ސިވިކް ފުލުހުން ބުނީ 300 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ސިޓީގެ ގަވަރުނަރު އިބަނެއިސް ރޯޗާ 90 ދުވަސް ވަންދެން ސަސްޕެންޑުކޮށްފަ އެވެ. ފަނޑިޔާރު އެލެގެޒެންޑެ ޑެ މޮރައެސް ވިދާޅުވީ ހަމަނުޖެހުން ހުއްޓުވުމުގައި ގަވަރުނަރު ފެއިލްވި ކަމަށެވެ.

އާދީއްތަ ދުވަހުގެ ހާދިސާއާ ގުޅިގެން ގަވަރުނަރު ރޯޗާ މައާފަށް އެދިވަޑައިގެންނެވި އެވެ. އެ ހާދިސާ ކުށްވެރިކޮށް ބްރެޒިލްގެ އެކި ހިސާބުތަކުގައި މިހާރު ދަނީ އެއްވުންތައް ބާއްވަމުންނެވެ.

އިދިކޮޅު ސަޕޯޓަރުން ގައުމީ ކުލަތަކުން ހެދުން އަޅައި، ދިދަ ހިފައިގެން ހަމަނުޖެހުން ހިންގަން ނިކުތް އިރު، ލޫލާ ރައީސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ މީގެ ހަފުތާއެއް ކުރިންނެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަަރު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އިންތިހާބުން ނާކާމިޔާބުވިކަން ގަބޫލުކުރުމަށް ދެކޮޅު ހައްދަވައި، އާ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނުގޮސް، ގައުމުން ފުރާވަޑައިގެންފަ އެވެ.

އުމުރުން 67 އަހަރުގެ ބޮލްސޮނާރޯ މި ވަގުތު ހުންނެވީ އެމެރިކާގެ ފްލޮރިޑާގައި ކަމަށް ބެލެވެ އެވެ. އެމަނިކުފާނު ވިދާޅުވީ ހަމަނުޖެހުން ހިންގުމާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ހާދިސާ ކުށްވެރިކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox