ހެރީގެ ފޮތް: ހަނގުރާމައިގައި 25 މީހުން މެރުމާއި ޑްރަގުގެ ވާހަކަތައް

ޕްރިންސް ހެރީގެ ފޮތުގެ ސްޕެއިން ބަހުގެ ތަރުޖަމާ ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު. -- ފޮޓޯ: ރޮއިޓާޒް

ޕްރިންސް ހެރީގެ ފޮތުގެ ސްޕެއިން ބަހުގެ ތަރުޖަމާ ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު. -- ފޮޓޯ: ރޮއިޓާޒް

އިނގިރޭސިވިލާތުގެ އަމީރު ހެރީގެ ހަޔާތުގެ މައްޗަށް ލިޔުއްވި ފޮތް "ސްޕެއާ" ގެ ސްޕެއިން ބަހުގެ ތަރުޖަމާ އާއްމުކުރުމާ އެކު ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެ ފޮތުގައި ވަނީ އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި އޮތް ހަމަނުޖެހުމުގެ ގިނަ ވާހަކަތައް ހިމަނައިފަ އެވެ. އެގޮތުން މިހާރުގެ ރަސްގެފާނު، ބައްޕާފުޅު ޗާލްސް، ކެމިލާއާ ކައިވެނި ކުރެއްވުމާ ދެކޮޅަށް ހެރީ އާއި ވަލީ އަހުދު އަމީރު ވިލިއަމް ބާރު އެޅުއްވި ކަމަށް ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން ވިލިއަމް، ހެރީއަށް ހަމަލާދެއްވި ވާހަކަ އާއި ހެރީގެ ޒާތީ ގިނަ ވާހަކަތަކެއް ވެސް ހިމަނުއްވާފައިވެ އެވެ.

އިނގިރޭސި ރަސްގެފާނުގެ ގަނޑުވަރު ބަކިންހަމް ޕެލެސް އަދި ވަލީ އަހުދުގެ ކަނޑުވަރު ކެންސިންގްޓަން ޕެލެސްއިން ވެސް މިހާތަނަށް ރައްދުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބައްޕާފުޅު ޗާލްސް އާއި ކެމިލާގެ ކައިވެންޏާ މެދު ހިތްހަމަނުޖެހުން

ހެރީގެ ފޮތުގައި ލިޔުއްވާފައިވާ ގޮތުން މިހާރު ކުއީން ކޮންސޯޓުގެ މަގާމުގައި ހުންނެވި ކެމިލާ އާއި ބައްޕާފުޅު ކައިވެނި ކުރައްވައިފި ނަމަ "ނުލަފާ ދޮންމަންމައެއް" ލިބުމުގެ ބިރާ ހެދި ވިލިއަމް އާއި ހެރީ ވެސް އެ ކައިވެންޏާ ދެކޮޅު ހެއްދެވި އެވެ. އެ ކައިވެނީގެ ކުރިން ހެރީ އާއި ވިލިއަމް ވެސް ވަކިވަކިން ކެމިލާއާ ބައްދަލުކުރެއްވި ކަމަށް ލިޔުއްވާފައިވެ އެވެ.

މަންމާފުޅު ޑަޔާނާ އަވަހާރަވުމާއި ހިތާމައާ ކުރިމަތިލި ގޮތް

ހެރީ ލިޔުއްވާފައިވާ ގޮތުން މަންމާފުޅު އެކްސިޑެންޓުގައި އަވަހާރަވި ހަބަރު ލިބިވަޑައިގެންނެވީ ބައްޕާފުޅުގެ ފަރާތުންނެވެ. ޑަޔާނާ އަވަހާރަވި އިރު ހެރީގެ އުމުރުން 12 އަހަރެވެ. ފޮތުގައިވާ ގޮތުން ހެރީއަށް ކުރިމަތިވެވަޑައިގެންނެވި ހިތާމައާ ހެދި "ބާރުތައް ލިބިފައިވާ" ކަމަށް ބުނާ އަންހެނެއްގެ އެހީއަށް އެދި، "މަންމާފުޅުގެ ރޫހާ" މުއާމަލާތް ކުރެއްވި އެވެ.

ހެރީ (ކ)، މަންމާފުޅު ޑަޔާނާ އަދި ބޭބޭފުޅު ވިލިއަމްއާ އެކު.
ހެރީ (ކ)، މަންމާފުޅު ޑަޔާނާ އަދި ބޭބޭފުޅު ވިލިއަމްއާ އެކު.

ހެރީ (ކ)، މަންމާފުޅު ޑަޔާނާ އަދި ބޭބޭފުޅު ވިލިއަމްއާ އެކު.

ކޮކެއިން، ކެނެބިސް އަދި މަޝްރޫމް ފަދަ މަސްތުވާތަކެތި ބޭނުންކުރުން

ފޮތުގައި ހެރީ ލިޔުއްވި ގޮތުގައި ކޮކެއިން ބޭނުންކުރެއްވީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ކޮކެއިން ބޭނުންކުރެއްވި އެވެ. އޭގެ އިތުރުން ކޮލެޖުގައި އުޅުއްވި ދުވަސްވަރު ކެނެބިސް ބޭނުންކުރެއްވި ކަމަށް ލިޔުއްވާފައިވެ އެވެ. ކެލިފޯނިއާއަށް 2016 ވަނަ އަހަރު ކުރެއްވި ދަތުރެއްގެ ތެރެއިން "މެޖިކް މަޝްރޫމް" މަސްތުވާތަކެތި ވެސް ބޭނުންކުރެއްވި އެވެ.

އަފްގާނިސްތާނުގައި ތާލިބާނުންގެ 25 މީހުން މެރުން

ހެރީ ލިޔުއްވި ގޮތުގައި 2012 އިން 2013 އަށް ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގަައި އަފްގާނިސްތާނުގައި އުޅުއްވި އިރު، ހަ މިޝަން ފުރިހަމަ ކުރެއްވި އެވެ. އެ ހުރިހާ މިޝަނެއްގައި ވެސް މީހުން މަރުވި އެވެ. ނަމަވެސް ހެރީ ދެކިވަޑައިގަންނަވާ ގޮތުގައި "އެއީ އިންސާފުން" ދިޔަ ކަމެކެވެ.

އަމީރު ހެރީ އަފްގާނިސްތާނުގައި.
އަމީރު ހެރީ އަފްގާނިސްތާނުގައި.

އަމީރު ހެރީ އަފްގާނިސްތާނުގައި.

މާ ބޮޑަށް ހާސްވުމާއި ޕެނިކް އެޓޭކް ކުރިމަތިވުން

ހެރީ ލިޔުއްވި ގޮތުގައި އާއްމުން އެއްވާ ތަންތަނަށް ވަޑައިގަންނަވާ އިރު ސްޕީޗް ދޭން ޖެހިވަޑައިގެންނެވުމުން އަބަދުވެސް ހާސްވެ އެވެ. ފޮތުގައިވާ ގޮތުން 2013 ވަނަ އަހަރު ނިމެން ގާތްވި އިރު، ވަރަށް ބޮޑަށް އެކަން ކުރިމަތިވެ، ޕެނިކް އެޓޭކްތައް އަންނަން ފެށި އެވެ.

ދެބެއިންގެ ކޯޅުން ހުއްޓާލަން ބައްޕާފުޅު އާދޭސް ދެންނެވި

ކާފާފުޅު، ޑިޔުކް އޮފް އެޑިންބަރާ 2021 ގައި އަވަހާރަވުމުން ބޭއްވި ޖަނާޒާއަށް ފަހު ވެސް ހެރީ އާއި ވިލިއަމްއާ ދެމެދު ދެބަސްވުމެއް ހިނގި ކަމަށް ފޮތުގައިވެ އެވެ. ދެބެއިން މެދުގައި ބައްޕާފުޅު ހުއްޓިވަޑައިގެން، އެކަން ހުއްޓާލުމަށް "އާދޭހާ އެކު" އެދިވަޑައިގެންނެވި ކަމަށް ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox