ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް 45އ، މަރުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ އިއްޔެ އެވެ.
ނިޒާމް ގެއްލިގެން ހޯދާ ކަމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި، މިއަދު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ. އޭނާ، ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އޭނާ ފެނުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ.
ފުލުހުން މީޑިއާތަކަަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އޭނާ ފެނުނީ މާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ހާމަކޮށްފައިވެ އެވެ.
ނިޒާމާ އެކު އެ ތެޔޮ ބޯޓުން ބިދޭސީއަކު ވެސް ދަތުރުކުރި އެވެ. އަދި، މިހާތަނަށް އެ މީހާ ފެނިފައެއް ނުވެ އެވެ.

ނިޒާމް ހައްޔަރުކޮށްފައި މިވަނީ އެކުގައި ދަތުރުކުރި ބިދޭސީ މީހާގެ މަރުގެ މައްސަލާގައިތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް އިއްޔެ ބުނީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
މި ދެމީހުންނަކީ ތެޔޮ ބޯޓެއްގައި އެކުގައި މަސައްކަތް ކުރާ ދެމީހުންނެވެ. އެމީހުން ދުއްވާ ތެޔޮ ބޯޓު ހޯދާފައި ވަނީ ހުޅުލޭ ނެރާ ދިމާއިން އޮޔާ ދަނިކޮށެވެ.
ބައެއް މުހިންމު ހަބަރުތައް
- އެމްއެމްޕީއާރްސީގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ކުންފުންޏާ ގުޅޭ ސިއްރުތަކެއް ފެންމަތިކޮށް ޕެންޑޯރާ ޕޭޕާސްގައި ޝާއިއުކޮށްފައިވާ ލިޔުން، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
- ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަން ކުރެވިފައިވާ ގޮތާއި މެދު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދެކޭ ގޮތް ތަފްސީލު ގޮތެއްގައި ހިމަނާފައިވާ ރިޕޯޓު ހޯދުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެދިވަޑައިގަތީ އިއްޔެ އެވެ.
- ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން ކަނޑައެޅި ބިން ސާފުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓު އޮފީހުން ހާމަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސަރުކާރުން ފުވައްމަލަކު ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވަމުން ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ
އަޅުގަނޑަށް ކަންބޮޑުވުން އަންނަނީ، ތިބޭފުޅުން އެ ދިން މިންވަރާ ގާތަށްވެސް ސަރުކާރުން، މި ފުވައްމުލަކަށް ދީފައިނުވާތީ
ދުވަހުގެ ފޮޓޯ

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކުރަނީ. މުއިއްޒު ހައްޔަރު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މާލެ ސީޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮވާފައި ހުރި މޭޔަރުގެ ބާރު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނޭ --- ފޮޓޯ؛ ޕީޕީއެމް











