ހުޅުމާލޭ ސަރަހައްދެއްގައި ޕާކުކޮށްފައި އޮތް ފުލުހުންގެ ވެހިކަލެއްގައި ރޭ ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ބުނީ ރޯކޮށްލާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ހުންނަ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގާ ކަަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ރޭ އިރުއޮއްސި 19:40 ހާއިރު ކަމަށެވެ.
ފުލުހުންގެ އުޅަނދަށް ލިބުނު ގެއްލުން އެ އިދާރާއިން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ ރޯކޮށްލިތާ މާގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލެވިއްޖެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެއްނުވެ އެވެ.
ފުލުހުން ބުނީ މިކަން ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަމާގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ފުލުހުންގެ މުއައްސަސާގެ ބައެއް މުދަލާއި ބައެއް ފުލުހުންގެ އަމިއްލަ މުދަލަށް ދޭތެރެ ދޭތެރެއިން މީހުން ގެއްލުންދެ އެވެ.












