ދިގު މުއްދަތަކަށް ޔޫކްރެއިނަށް އެހީ ބޭނުންވާނެ: ނޭޓޯ

ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ޔޫކްރެއިންގެ ހިސާބެއް. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ޔޫކްރެއިންގެ ހިސާބެއް. -- ފޮޓޯ: އޭއެފްޕީ

ދިގު މުއްދަތަކަށް ޔޫކްރެއިނަށް އެހީވާން ހުޅަނގުގެ ގައުމުތަކުން ތައްޔާރުވާން ޖެހޭ ކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެ އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަސްކަރީ އެހީއާ އެކު ޔޫކްރެއިންގެ އިސްތިގްލާލް ރައްކާތެރިކޮށް ހަނގުރާމަ ނިންމުމުގެ މަޝްވަރާއަށް އިށީނުމަށް ރަޝިއާއަށް މަޖުބޫރުވާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ތުހުމަތު ކުރައްވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ ޔޫކްރެއިން މެދުވެރިކޮށްގެން ރަޝިއާ ސުންނާފަތިކޮށްލުމަށެވެ.

އާ އަހަރާ ދިމާކޮށް ޑިސެމްބަރު 31 ވަނަ ދުވަހު އަދި ޖެނުއަރީ އެއް ވަނަ ދުވަހު ވެސް ރަޝިއާގެ މިސައިލްތަކާއި ޑްރޯންތައް ޔޫކްރެއިނަށް އަމާޒުކުރި އެވެ.

ސްޓޮލްޓެންބާގް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ރަޝިއާއިން ހަނގުރާމައަށް އިތުރު މީހުން ނެރިފައި ވާތީ އަވަހަށް ހަނގުރާމަ ނިންމުމުގެ ނިޔަތް ނެތްކަން ސާފުވާ ކަމަށެވެ.

"ގިނަ މަސްތަކެއް ވަންދެން ޔޫކްރެއިންގެ ފައުޖުތަކަށް ކުރި ލިބުނު. އެކަމަކު ރަޝިއާއިން އިތުރު މީހުން ހަނގުރާމައަށް ނެރި، މިހާރު އެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކުން ދައްކުވައިދެނީ ދިގު ހަނގުރާމައަކަށް އެ މީހުން ތައްޔާރަށް ތިބިކަން. އަދި ވަރަށް އަވަހަށް ވަރުގަދަ ހަމަލާތަކެއް ލޯންޗުކުރަން ރާވަމުންދާކަން."

އާ އަހަރާ ދިމާކޮށް ޕުޓިން ދެއްވި ހިތާބުގައި ވިދާޅުވީ ގައުމުގެ މުސްތަގުބަލު އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށާއި ރަޝިއާގެ ފައުޖަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ދެއްވި ހިތާބުގައި ވިދާޅުވީ ޕުޓިން ހުންނަވަނީ ސަފުތައް ލީޑުކުރެއްވުމުގެ ބަދަލުގައި އެންމެ ފަހަތަށް ވަދެ ފިއްލަވައިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox