އިންޑިއާގެ ކޯފް ސިރަޕް ބޮއެގެން އުޒްބެކިސްތާނުން ވެސް ކުދިންތަކެއް މަރުވެއްޖެ

ދުނިޔޭގައި އުފައްދާ ބޭހުގެ ތިންބައި ކޮށްފައި އެއްބައި އުފައްދަނީ އިންޑިއާގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދުނިޔޭގައި އުފައްދާ ބޭހުގެ ތިންބައި ކޮށްފައި އެއްބައި އުފައްދަނީ އިންޑިއާގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ މެރިއޯން ބަޔޯޓެކް ކުންފުނިން އުފެއްދި ކޯފް ސިރަޕް ބޮއެގެން އުޒްބެކިސްތާނުން 18 ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިހާތަނަށް ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި ބޭހުގެ އެއް ބެޗުގައި ނުރައްކާތެރި ކެމިކަލެއް ކަމުގައިވާ އެތިލީން ގްލައިކޯލް ހުރި ކަމަށެވެ.

މަރުވި ކުދިންނަށް ދިން "ޑޮކް-1 މެކްސް" ބޭހަކީ ޑޮކްޓަރެއްގެ ބޭސް ސިޓީއާ ނުލައި ދިން ބޭހެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން އެ ކުދިން ބޭސް ބޮއެފައި ވަނީ ކުޑަކުދިންނަށް ކަނޑައަޅާފައިވާ އާއްމު ޑޯޒަށް ވުރެ ގިނައިން ކަމަށް ވެސް ބުންޏެވެ.

އުޒްބެކިސްތާނުން އެފަދަ ތުހުމަތެއް ކޮށްފައިވާ އިރު، އިންޑިއާގެ އެހެން ކުންފުންޏަކުން އުފެއްދި ކޯފް ސިރަޕް ބޮއެގެން ގެމްބިއާގައި ކުދިންތަކެއް މަރުވި މައްސަލަ ވެސް އޮތީ ފެންމަތިވެފަ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުގެ އޮފިޝަލުން އުޒްބެކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ ގައުމީ އިދާރާއާ ގަވާއިދުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އުއްތަރް ޕްރަދޭޝް ސްޓޭޓުގެ ނޮއިޑާގައި ހުންނަ މެރިއޯން ބަޔޯޓެކްގެ ފެސިލިޓީގެ ތަހުގީގެއް ސިއްހީ އޮފިޝަލުން ހިންގާފައިވާ ކަމަށް ބުންޏެވެ.

"ބޭސް އުފައްދާ ފެސިލިޓީއަށް ގޮސް، ކޯފް ސިރަޕްގެ ސާމްޕަލްތައް ޓެސްޓު ކުރުމަށް ޗަންދިގަރްގައި ހުންނަ ރީޖަނަލް ޑްރަގް ޓެސްޓިން ލެބޯޓަރީއަށް ވަނީ ފޮނުވައިފައި،" އިންޑިއާ ހެލްތު މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.

އޭއެންއައި ނިއުސް އެޖެންސީން މެރިއޯން ބަޔޯޓެކްގެ އޮފިޝަލަކާ ހަވާލާދީ ބުނީ އެ ކުންފުނިން ބޭސް އުފެއްދުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މެރިއޯން ބަޔޯޓެކްއަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ ނޮއިޑާގައި ގާއިމްވެފައިވާ ކުންފުންޏެވެ. ކުންފުނީގެ ވެބްސައިޓް ޑައުންވެފައި ހުރި ނަމަވެސް، ލިންކްޑްއިން ޕޭޖުގައި ބުނީ އެއީ 1999 ވަނަ އަހަރު އުފެދުނު ކުންފުންޏެއް ކަމަށެވެ.

ކުންފުނީގެ އުފެއްދުންތައް އެންމެ ގިނައިން ފޮނުވަނީ މެދުތެރޭ އޭޝިއާ، މެދުތެރޭ އެމެރިކާ އަދި ލެޓިން އެމެރިކާ، ދެކުނު އިރުމަތީ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށެވެ. ދުނިޔޭގައި އުފައްދާ ބޭހުގެ ތިންބައި ކޮށްފައި އެއްބައި އުފައްދަނީ އިންޑިއާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox