ޔޫކްރެއިންގެ ސިޓީތަކަށް ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކެއް

ރަޝިއާގެ ރޮކެޓެއް ވައްޓާލަން ޔޫކްރެއިން އެއާ ޑިފެންސް މިސައިލެއް ލޯންޗުކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަޝިއާގެ ރޮކެޓެއް ވައްޓާލަން ޔޫކްރެއިން އެއާ ޑިފެންސް މިސައިލެއް ލޯންޗުކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފި އެވެ.

ވެރިރަށް ކިޔެވްގެ މޭޔަރު ވިޓަލީ ކްލިޝްކޯ ވިދާޅުވީ ތިން މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ހިމެނެ އެވެ.

ހާރްކީވް، އޮޑެއްސާ، ލްވިވް އަދި ޒިޔޮޓިމިރްއިން ވެސް ގޮވުންތަކުގެ އަޑު އިވުނެވެ. ޔޫކްރެއިންގެ ސިފައިން ބުނީ 69 މިސައިލް ލޯންޗު ކުރި ކަމަށާއި އެއާ ޑިފެންސްގެ އެހީގައި 54 މިސައިލް ވައްޓާލި ކަމަށެވެ.

ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު މިކައިލޯ ޕޮޑޯލިޔަކް ވިދާޅުވީ އާއްމު އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް 120 މިސައިލް ލޯންޗުކުރި ކަމަށެވެ.

މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު ވަންދެން ވައިގެ ހަމަލާތައް ފޮނުވަމުން ދިޔަ އެވެ. ދެކުނު އޮޑެއްސާ ޕްރޮވިންސްގެ ސަރަހައްދީ ލީޑަރު މެކްސީމް މާޗެންކޯ ވިދާޅުވީ "ޔޫކްރެއިން ވަރުގަދަ މިސައިލް ހަމަލާތަކެއް" ދެމުންދާ ކަމަށެވެ.

ޔޫކްރެއިން ވައިގެ ސިފައިންގެ ފައުޖުން ބުނީ ރަޝިއާއިން ހަމަލާތައް އަމާޒު ކުރީ "އެކި ދިމަދިމާލުން ވަޔާއި ކަނޑުގެ ކްރޫޒް މިސައިލްތައް ބޭނުންކޮށްގެން" ކަމަށެވެ. އޭގެ އިތުރުން ކަމިކަޒޭ ޑްރޯން ހަމަލާތައް ވެސް ފޮނުވި ކަމަށް ބުންޏެވެ.

ބްރިގޭޑިއާ ޖެނެރަލް އޮލެކްސީ ހްރޮމޯވް ވިދާޅުވީ ހަމަލާތައް އަމާޒު ކުރީ ހަކަތައާ ގުޅޭ އިންފްރާސްޓްރަކްޗާއަށް ކަމަށެވެ.

ފާއިތުވި ހަފުތާތަކުގައި ރަޝިއާއިން ދޭ ވައިގެ ހަމަލާތައް ވަނީ ވަރަަށް ބޮޑަށް އިތުރުކޮށްފަ އެވެ. ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން ދެ އެވެ.

ލްވިވްގެ މޭޔަރު ވިދާޅުވީ އެ ސިޓީގެ 90 ޕަސެންޓަށް ކަރަންޓު ނުލިބޭ ކަމަށެވެ. ކިޔެވްގެ 40 ޕަސެންޓަށް ކަރަންޓު ނުލިބޭ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވި އެވެ. އޮޑެއްސާ އާއި ޑްނީޕްރޯޕެޓްރޯވްސްކް ސަރަހައްދުން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox