ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ފުރިހަމަ އެއް ވޯލްޑް ކަޕް ގަތަރުގައި ހަފްތާއެއްހާ ދުވަސް ކުރިން ނިމުނު އިރު އިއްޔެ މިވަނީ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގަދަވެފަ އެވެ. އެއީ، ކުޅުންތެރިން ކްލަބްތަކާއި ގުޅި ލީގުތައް ފެށުމުންނެވެ.
މި ހަފްތާގެ ތެރޭގައި ސްޕެނިޝް ލަލީގާ އަދި ފްރެންޗު ލީގު ވަން ފަށާއިރު އިއްޔެ ޕްރިމިއާ ލީގުގެ މެޗުތައް ވަނީ ފަށާފަ އެވެ. މި ހުރިހާ މެޗެއް ވެސް މީޑިއާނެޓުގެ ޗެނަލްތައް މެދުވެރިކޮށް ފެންނާނެ އެވެ.
މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102)، އައިސް ޕްލަސް (ޗެނަލް888)، އިން މި ލީގުތަކުގެ މެޗުތައް ވަގުތުން ދައްކާނެ އެވެ.
މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
އޭގެ އިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެ އެވެ.









