ތުނީޝާ ސެޓުގައި މަރުވުމުން ޝީޒަން ހައްޔަރުކޮށްފި

އިންޑިއާގެ ދެ އެކްޓަރުން ކަމުގައިވާ ތުނީޝާ ޝަރުމާ އަދި ޝީޒަން މުހައްމަދު ހާން.

އިންޑިއާގެ ދެ އެކްޓަރުން ކަމުގައިވާ ތުނީޝާ ޝަރުމާ އަދި ޝީޒަން މުހައްމަދު ހާން.

އިންޑިއާގެ ޓީވީ ޝޯ "އަލީ ބާބާ" ދާސްތާން އޭ ކާބުލް" ގެ ސެޓުގައި ތުނީޝާ ޝަރުމާ މަރުވުމުން، ޝީޒަން މުހައްމަދު ހާން ހައްޔަރުކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ތުނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނީ ހޮނިހިރު ދުވަހުގެ މެންދުރު 03:30 ހާއިރު ޝީޒަންގެ މޭކަޕް ކޮޓަރީގެ ތެރޭގަ އެވެ.

ފުލުހުންގެ އިންސްޕެކްޓަރު ކައިލަސް ބަރްވޭ ވިދާޅުވީ ޝީޒަން ހައްޔަރުކޮށް ވަރަށް އަވަހަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުން ތުނީޝާ އާއި ޝީޒަން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ތުނީޝާ މަރުވި އިރު އިނީ ބަލިވެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ހަބަރު ފެތުރި އެވެ.

އެކަމަކު ޕޯސްޓްމޯޓަމް ހެދުމަށް ފަަހު ފުލުހުން ބުނީ އެއީ ދޮގު ހަބަރެއް ކަމަށެވެ. އެހެން ނަމަވެސް ތުނީޝާގެ މަންމަ ތުހުމަތު ކުރާ ގޮތުގައި އޭނާ ދަންޖެހިގެން މަރުވީ ޝީޒަންގެ ސަބަބުންނެވެ.

އެގޮތުން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ޝީޒަން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ބުނުމުން، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ތުނީޝާއަށް ޑިޕްރެޝަން ކުރިމަތިވި ކަމަށް ބުންޏެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް، ޓީވީ ޝޯގެ މަސައްކަތުގައި އެކުގައި އުޅެމުން ދިޔަ އެވެ.

ތުނީޝާއަކީ ކުޑައިރުން ފެށިގެން އެކްޓު ކުރަމުން އައި މީހެކެވެ. އޭނާ ކެރިއަރު ފެށީ ސޮނީ ޓީވީގެ "މަހަރަނަަ ޕްރަތާޕް" ޝޯއިންނެވެ.

އޭގެ ފަހުން ގިނަ ސީރީޒްތަކާއި ބޮލީވުޑް ފިލްމުތަކުން ފެނިގެން ދިޔަ އެވެ. ވަކިން ހާއްސަކޮށް ކެޓްރީނާ ކައިފްގެ ފިލްމުތަކުން ފެނިގެން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox