ދިހަ އަހަރަށް ފަހު އެނިމޭޓަރު މިޔަޒާކީގެ ފިލްމެއް ނެރެނީ

މިޔަޒާކީއަކީ އޮސްކާ އެވޯޑު ހޯދާފައިވާ ޖަޕާނުގެ އެނިމޭޓަރެއް.

މިޔަޒާކީއަކީ އޮސްކާ އެވޯޑު ހޯދާފައިވާ ޖަޕާނުގެ އެނިމޭޓަރެއް.

ޓޯކިޔޯ، ޖަޕާން (ޑިސެމްބަރު 14) - އޮސްކާ އެވޯޑު ހޯދާފައިވާ ޖަޕާނުގެ އެނިމޭޓަރު ހަޔާއޯ މިޔަޒާކީގެ ފީޗާ ފިލްމެއް 10 އަހަރަށް ފަހު ޖުލައި 2023 ގައި ނެރުމަށް ނިންމައިފި އެވެ.

އުމުރުން 81 އަހަރުގެ މިޔަޒާކީއަކީ މަގްބޫލް އެނިމޭ ފިލްމުތައް ނެރޭ ސްޓޫޑިއޯ ގިބްލީގެ ކޯފައުންޑަރެކެވެ. އޭނާ ރިޓަޔާމަންޓުގައި ހުރެފައި، މަސައްކަތް ކުރީ "ހައު ޑޫ ޔޫ ލިވް؟" ފިލްމު އުފެއްދުމަށެވެ.

އެ ފިލްމުގެ ޕްރޮޑަކްޝަަން ސްޓޭޖު ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް، މާ ބޮޑު ތަފްސީލެއް އާއްމުކޮށްފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖަޕާނުގައި ފިލްމު ނެރޭނީ ޖުލައި 14 ގަ އެވެ.

Advertisement

ފިލްމުގެ ޕޯސްޓަރެއް ނެރިފައިވާ އިރު، އޭގެން ފެންނަނީ އަތުން ސްކެޗްކޮށްފައިވާ ދޫންޏެއް ފަދަ ޖަނަވާރެކެވެ. އެއީ 1937 ވަނަ އަހަރު ނެރުނު ފޮތެއްގެ މައްޗަށް އުފެއްދި ފިލްމެކެވެ.

ފިލްމުގެ ޕޯސްޓަރު.
ފިލްމުގެ ޕޯސްޓަރު.

ފިލްމުގެ ޕޯސްޓަރު.

މިޔަޒާކީގެ ފިލްމުތަކުގައި ގުދުރަތީ މާހައުލާއި މެޝިންތައް ދައްކުވައިދޭ ގޮތުން އޭނާއަށް ބޮޑު މަގްބޫލުކަމެއް ލިބިފަައިވެ އެވެ. އޭނާގެ ފިލްމު "ސްޕިރިޓެޑް އަވޭ" އަށް 2003 ވަނަ އަހަރު އެންމެ މޮޅު އެނިމޭޓެޑް ފީޗާގެ ދާއިރާއިން އޮސްކާ އެވޯޑު ލިބުނެވެ.

"ދަ ވިންޑް ރައިޒާޒް" ގެ ނަމުގައި 2013 ވަނަ އަހަރު ފިލްމެއް ނެރުމަށް ފަހު މިޔަޒާކީ ބުނީ ފީޗާ ފިލްމު ހެދުން ހުއްޓާލާނެ ކަމަށެވެ. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން "އެންމެ ފަހު ފިލްމުގެ" މަސައްކަތް ފެށި އެވެ.

"ހައު ޑޫ ޔޫ ލިވް؟" ނެރޭނެ ތާރީހު އިއުލާނުކޮށްފައިވާ އިރު، ޖަޕާނުގައި ހަދަމުންދާ ގިބްލީ ތީމް ޕާކްގެ ތިން ސަރަހައްދު މިދިޔަ ނޮވެމްބަރު މަހު ވަނީ އާއްމުންނަށް ހުޅުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox