ވޯލްޑް ކަޕް ފޯރިގަދަކޮށްލީ މޮރޮކޯ އިން

Dec 11, 2022, 9:05 AM
މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން މޮރޮކޯގެ ކީޕަރު. ޔާސީން ބޯނޯ: އޭނާ ދެކޭގޮތުގައި ވޯލްޑް ކަޕް ފޯރިގަދަވެފައިވަނީ މޮރޮކޯގެ ސަބަބުން

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން މޮރޮކޯގެ ކީޕަރު. ޔާސީން ބޯނޯ: އޭނާ ދެކޭގޮތުގައި ވޯލްޑް ކަޕް ފޯރިގަދަވެފައިވަނީ މޮރޮކޯގެ ސަބަބުން

ދޯހާ، ގަތަރު (ޑިސެމްބަރު 11) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަކޮށްލީ، މޮރޮކޯ ޓީމުން ދައްކަން ފެށި އާދަޔާހިލާފު ހިތްވަރާއި އެ ޓީމަށް ސަޕޯޓްކުރަން އަރަބި ދުނިޔެ އާއި އެފްރިކާގެ ގައުމުތަކުން ބަދަހިވި ގޮތް ކަމަށް އެ ޓީމުގެ ގޯލްކީޕަރު، ޔާސީން ބޯނޯ ބުނެފި އެވެ.

މޮރޮކޯ އިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ތަރިން ގިނަ، ބެލްޖިއަމް އަތުން 2-0 އިން މޮޅުވެފަ އެވެ. މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ޕެނަލްޓީ ޖަހައިގެން، 2010 ވަނަ އަހަރުގެ ޗެމްޕިއަން، ސްޕެއިން ކަޓުވާލިއިރު، ރޭ ވަނީ، މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގުނަމުން އައި، ޕޯޗުގަލް 1-0 އިން ބަލިކޮށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ރޭ މޮރޮކޯ އިން ޕޯޗުގަލްގެ މައްޗަށް ހޯދި މޮޅާ އެކު، މޮރޮކޯގެ ނަން ވަނީ ފުޓްބޯޅަ ތާރީހުން ޖާގަ ހޯދައިފަ އެވެ. އެއީ މޮރޮކޯ އަކީ، ފީފާ އިން ވޯލްޑް ކަޕްގެ 22 މުބާރާތް މިހާތަނަށް ބާއްވާއިރު، ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާ ބައްރަށް ނިސްބަތްވާ ހަމައެކަނި ޓީމު ކަަމަށްވުމެވެ. އަދި ވޯލްޑް ކަޕެއްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ އަރަބި ފުރަތަމަ ގައުމުގެ ޝަރަފް ވެސް ހޯދުމާ އެކު އެވެ.

"އަހަރެމެން މި ތަނަަަށް (މި ވޯލްޑް ކަޕަށް) އައިއިރު ވެސް ހިތުގައި އޮތް ފުޓްބޯޅައިގައި ވަކި ޓީމުތަކެއް މާ މޮޅު ކަމަށް ދެކިފައި އޮތް އޮތުން ބަދަލުކުރުން. ފުޓްބޯޅަ އަކީ ހިތްވަރާއި ހުނަރު އަދި ސަޕޯޓާ އެކު ކުރިއަށްދާ ކުޅިވަރެއް، މި ހުރިހާ ކަމަކަށް ބަލާއިރު، މޮރޮކޯ މި ފެނުނީ ވޯލްޑް ކަޕްގެ ފޯރިގަދަކޮށްލި ޓީމުގެ ގޮތުގައި،" ބޯނޯ، 31، ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް މޮރޮކޯ އިން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ ވެސް އިދިކޮޅު ޓީމުން ޖެހި ގޯލެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި ކެނަޑާއާ ދެކޮޅަށް މޮރޮކޯ އިން ކުޅުނު މެޗުގައި އެ ޓީމުގެ ނައީފް އެގާޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މޮރޮކޯ އިން ގަދަ 16 ބުރުގައި ސްޕެއިން ކަޓުވާލިއިރު، ނަތީޖާ ނެރެން ޖެހުނީ 0-0 އިން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މޮރޮކޯ މޮޅުކޮށްދޭން ހީރޯ އަކީ ބޯނޯ އެވެ.

ސްޕެއިންގެ ސެވިއްޔާ އަށް ކުޅޭ ބޯނޯ ކައިރިން ސްޕެއިން ގައުމީ ޓީމުން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބުނުވި އެވެ. ބޯނޯ ވަނީ ސްޕެއިންގެ ކާލޯސް ސޮލާ އާއި ސާޖިއޯ ބުސްކެޓްސްގެ ޕެނަލްޓީތައް ހުއްޓުވައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެެއްގެ ތެރެއިން ބޯނޯ އުފާފާޅުކުރަނީ.

ސްޕެއިން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބޯނޯއާ އެ މެޗަށް ފަހު، މޮރޮކޯގެ ނޫސްވެރިއަކު ރޮވިފައި ހުރެ ސުވާލުކުރިއިރު، ފާހަގަކުރި ކަމަކީ މޮރޮކޯ ޓީމުގެ ސަބަބުން 40 މިލިއަން މޮރޮކޯ މީހުން އުފަލުގެ ކަރުނަ އޮހޮރާނެ ކަމަށެވެ.

"އަހަރެމެން މިއީ އެއް ބައެއް، އެއް ގައުމެއް، އަހަރެމެން މުޅި އަރަބި ކޮމިއުނިޓީ، މުސްލިމުން، މިއީ ހަގީގަތުގައި އެއް ބަޔެކޭ ބުނެވިދާނެ،" ނޫސްވެރިޔާގެ ސުވާލަށް ބޯނޯ ޖަވާބު ދިނެވެ.

"އަހަރެމެން މި ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަ މޮރޮކޯގެ ދެން އަންނަން އޮތް ޖީލުތަކަށް އެނގޭނެ ގޮތަށް މައުލޫމާތު ގެނެސްދެން ތިބީ ތި މީހުން (ނޫސްވެރިންނާއި މީޑިއާ)، އެ ގޮތަށް އެކަން ކޮށްދީ، އެއީ ދެން އަންނަ ޖީލުތަކުން ވެސް ފުޓްބޯޅައިގައި މަސައްކަތުން ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރާނެ، މިރަކަލް އަކީ މަސައްކަތް ކުރުމުގެ އިނާމު، އެއީ އަަހަރެމެންނަށް މި ކުރެވޭ ކަމަކީ،"

މޮރޮކޯގެ ކުޅުންތެރިން ރޭ ޕޯޗުގަލް ބަލިކުރި މެޗު ނިމުމަށް ފަހު ދަނޑުމަތީގައި ބޭއްވި އުފާފާޅުކުރުންތައް ކުރިއަށް ގެންދިޔައީ އާއިލާ މެމްބަރުންނާ އެކު އެވެ. ބައެއް ކުޅުންތެރިން މަންމައާ އެކުގަ އެވެ. ދެން ތިބި ކުޅުންތެރިން ދަރިންނާއި އާއިލާގެ އެހެނިހެން މެމްބަރުން ގޮވައިގެންނެވެ.

ބޯނޯ ދަނޑުމަތީގައި ވަގުތު ހޭދަކުރީ އޭނާގެ ފިރިހެން ދަރިފުޅާ އެކު އެވެ. މެޗުގައި ބޯނޯ ބޭނުންކުރި އަންގި އަޅައިގެން ހުރެ، އޭނާގެ ދަރިފުޅު ދަނޑުމަތީގައި ބޯޅަ ހިފައިގެން އުޅުނު، ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވި އެވެ.

ޕޯޗުގަލް އަތުން ރޭ މޮޅުވި މެޗަށް ފަހު މޮރޮކޯގެ ކީޕަރު ބޯނޯ (ކ) އޭނާގެ ފިރިހެން ދަރިފުޅު އުރާލަނީ.

އުފާފާޅުކުރުމުގެ ތެރޭގައި މޮރޮކޯގެ ބައެއް ކުޅުންތެރިން އެ ގައުމުގެ ދިދައިގެ އިތުރުން އަރަބި އެހެން ގައުމުތަކުގެ ދިދަ ވެސް ވަނީ ގެންގުޅިފަ އެވެ. އެ ގޮތުން ގިނަ ކުޅުންތެރިން ވަނީ މޮރޮކޯ ދިދައިގެ އިތުރުން ފަލަސްތީނުގެ ދިދަ އާއި ގަތަރުގެ ދިދަ ވެސް ވިހުރުވާލައިފަ އެވެ.

ފަލަސްތީނާ އެކުގައި ތިބިކަން ދައްކުވައިދޭ މެސެޖެއްގެ ގޮތުގައި މޮރޮކޯގެ ކުޅުންތެރިން ފަލަސްތިނުގެ ދިދަ ގެންގުޅުނުއިރު، ގަތަރުގެ ދިދަ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ގަތަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ނިޝާނެއްގެ ގޮތުން ގެންގުޅޭ ދިދައެއް ކަމަށް މޮރޮކޯގެ ބައެއް ކުޅުންތެރިން ވަނީ މީޑިއާގައި ބުނެފަ އެވެ.

"މިއީ ހުރިހާ މުސްލިމުންނަށް ހުރިހާ އަަރަބި ގައުމަކަށް މޮރޮކޯ އިން ހާއްސަ ކުރާ އުފާވެެރި ވަގުތުތަކެއް،" މޮރޮކޯގެ މިޑްފީލްޑަރު ސޯފިއަން ބޫފާލް، މީޑިއާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މޮރޮކޯ ގޯލުގައި ތަފާތު ހިތްވަރެއް ދައްކަމުން އަންނަ ބޯނޯ ބުނީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި މޮރޮކޯއާ ދެކޮޅަށް ކޮންމެ ޓީމެއް ނުކުތް ކަމުގައި ވިޔަސް އެ ޓީމަށް އިހުތިރާމް ކުރާނެ ކަމަށެވެ. މޮރޮކޯ އަކީ ވެސް ފުޓްބޯޅައިގައި ނަން ހިނގާ ގައުމަކަށް ހެދުނީތީ ބޯނޯ ހުރީ އުފަލުންނެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ މޮރޮކޯ އިން ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox