މޮރޮކޯގެ ކޯޗަށް ފަހުރުވެރި ރެކޯޑްތަކެއް

Dec 10, 2022, 11:31 AM
މޮރޮކޯގެ ކޯޗަށް ފަހުރުވެރި ރެކޯޑްތަކެއް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ މޮރޮކޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިއީ އެ ގައުމަށް ތާރީހީ ކާމިޔާބެކެވެ. ވަކިން ހާއްސަކޮށް މި ކާމިޔާބާއެކު، މޮރޮކޯގެ ކޯޗު ވާލިދު ރެގްރާގީ އަށް ވެސް ވަނީ ވަރަށް ހާއްސަ ފަހުރެއް ލިބިފަ އެވެ. ރެގްރާގީ އަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ޓީމެއް ގެންގޮސްދިން އެފްރިކާގެ ފުރަތަމަ ކޯޗެވެ.

ރެގްރަގީ އަށް މޮރޮކޯގެ ޓީމުގެ ކޯޗުކަން ލިބުނީ މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނާ ޖެހުނު މައްސަލަތަކަކާ ގުޅިގެން، މޮރޮކޯގެ ކޯޗުކަމުން ބޮސްނިއާގެ ވާހިދު ހަލިހޮޑްޒިޗް ވަކިކުރުމުންނެވެ. ވައިދަދް ކަސަބްލަންކާގެ ކޯޗުކަމުން ވަކިވިތާ ފަސް މަސް ދުވަސް ފަހުން، ރެގްރާގީ އަށް ހަވާލުވީ ވޯލްޑް ކަޕްގައި މޮރޮކޯގެ ގައުމީ ޓީމަށް އިރުޝާދު ދޭށެވެ.

ރެގްރާގީ، މޮރޮކޯގެ ކޯޗުކަމާ ހަވާލުވެގެން މިހާތަނަށް ކުޅުނު ހަތް މެޗުގައި މޮރޮކޯ ބައްޔެއް ނުވެ އެވެ. މި ހަތް މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ލަނޑެއް ވަނީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނަޑާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މޮރޮކޯ އިން މި ފަަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން ރެގްރާގީ އެ ގައުމުގެ ދިދަ ގައިގައި އޮޅާލައިގެން.

ރެގްރާގީގެ އިރުޝާދުގެ ދަށުން މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އުތުރު އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަރަބި ދުނިޔެ އަށް ނިސްބަތްވާ ފުރަތަމަ ގައުމެވެ.

ކުއާޓާ ފައިނަލްގައި މިރޭ ޕޯޗުގަލް އަތުން މޮރޮކޯ މޮޅުވެ، ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފިނަމަ، މޮރޮކޯ ވާނީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކުރާ އެފްރިކާ ފުރަތަމަ ގައުމަށެވެ. އެހެންކަމުން، މިރޭ މުޅި އެފްރިކާ އާއި އަރަބި ދުނިޔޭގެ ގައުމުތަކުގެ ތަރުހީބު މޮރޮކޯ އަށް ލިބޭނަކަމާ މެދު ޝައްކެއް ނެތެވެ.

މޮރޮކޯ މިހާރު އޮތް ހިސާބުން، ރެގްރާގީ އަށް ވެސް ވަނީ ފަހުރެއް ހާސިލްކުރެވިފަ އެވެ. މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، އޭނާ ވާނީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ޓީމެއް ގެންގޮސްދިން އެފްރިކާ އަދި އަރަބި ފުރަތަމަ ކޯޗަކަށެވެ.

އެކަމަކު، ރެގްރާގީ ބުނީ އެފްރިކާ ނޫނީ އަރަބި ދުނިޔެ އަށް ވުރެ ބޮޑަށް، އޭނާ ފަހުރުވެރިވަނީ ގައުމަށް ރީތި ނަމެއް ހޯދައިދެވޭތީ ކަމަށެވެ.

"އަރަތްބަކަށް ވީތީ އެއް ނޫން. ފަހަރެއްގައި ތަންކޮޅެއް އުމުރުން ދުވަސްވީމަ އަހަރެން ތިގޮތަށް ދެކިދާނެ. އެކަމަކު، މި ވަގުތު އަހަރެން އުފާވާނީ އަހަރެންގެ ގައުމަށް ކަމެއް ކޮށްދެވޭތީ،" ރެގްރާގީ ،47، ބުންޏެވެ.

ރެގްރާގީ ކޯޗުކަމާ ހަވާލުވެ، ކުރި އެންމެ މުހިންމު އެއް ކަމަކީ ޑިސިޕްލިނަރީ މައްސަލަތަކަކާ ގުޅިގެން ކުރީގެ ކޯޗު ހަލިހޮޑްޒިޗް މޮރޮކޯގެ ޓީމުން ބޭރުކޮށްފައިވާ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޗެލްސީގެ ހަކީމް ޒިޔެޗާއި ބަޔާން މިއުނިކްގެ ނުސޭރު މަސްރައޮއީ އަލުން ޓީމަށް ނެގުމެވެ.

ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ރެގްރާގީ: އޭނާ އަންނަނީ މޮރޮކޯ ޓީމުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުން.

މި އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯގެ ޓީމުގައި މި ދެ ކުޅުންތެރިން ވެސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރެގްރާގީ އުފަންވީ ފްރާންސް އަށެވެ. އަދި ކުޅުމުގެ ކެރިއަރުގެ ބޮޑުބައި ވެސް ހޭދަކުރީ އެ ގައުމުގަ އެވެ. މޮރޮކޯގެ ގައުމީ ޓީމަށް ރެގްރާގީ ވަނީ 45 މެޗުގައި ކުޅެދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރުގެ ބޮޑު ބައި މޮރޮކޯ އިން ބޭރުގައި ހޭދަކުރި ނަމަވެސް، ކޯޗިން ކެރިއަރު ފަށައި، ތަޖުރިބާތައް ރެގްރާގީ ހޯދީ އެފްރިކާ އިންނެވެ.

މޮރޮކޯގެ ސްކޮޑްގައި ހިމެނޭ 46 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ ގައުމުން ބޭރުގައި އުފަންވެފައިވާ ކުޅުންތެރިންނެވެ.

އެކަމަކު، ރެގްރާގީ ބުނީ އެހެން ގައުމެއް އުފަން ވިޔަސް، އެ ކުޅުންތެރިންނަކީ މޮރޮކޯގެ ރައްޔިތުން ކަމަށާއި މޮރޮކޯ އަށްޓަކައި ޖޯޝާ އެކު އެ ނުކުންނަނީ އެ ކުޅުންތެރިންނަށް އަމިއްލަ ގައުމު މުހިންމު ވާތީ ކަމަށެވެ.

ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox