ތެޔޮ ގަންނާނެ އެންމެ މަތީ އަގު ކަނޑައެޅުމުން އުފެއްދުން މަދުކުރާނެކަމުގެ އިންޒާރު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ރޮއިޓާޒް

ބިޝްކޭކް، ކިރްގިޒްތާން (ޑިސެމްބަރު 9) - ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގު ކަނޑައެޅުމުން، އެ ގައުމުން ތެޔޮ އުފެއްދުން މަދުކުރާނެކަމުގެ އިންޒާރު ރައީސް ލެޑިމިއަ ޕުޓިން ދެއްވައިފި އެވެ.

ހުޅަނގުގެ ގައުމުތަކުން ނިންމީ ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގުގެ ގޮތުގައި 60 ޑޮލަރު ހަމަޖެއްސުމަށެވެ. އެއީ ތެލުން ލިބޭ ފައިސާ ޔޫކްރެއިން ހަނގުރާމައަށް ހޭދަކުރާ ކަމަށް ބުނެ އެވެ.

"ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، ތެޔޮ އުފެއްދުން މަދުކުރަން އަަޅުގަނޑުމެން ވިސްނާނަން،" ސަރަހައްދީ ސަމިޓަކަށް ފަހު ކިރްގިޒްތާންގެ ވެރިރަށް ބިޝްކޭކްގައި ޕުޓިން ވިދާޅުވި އެވެ.

Advertisement

ޕުޓިން ވިދާޅުވީ ރަޝިއާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގެއް ކަނޑައެޅުމަކީ "މޮޔަ ނިންމުމެއް" ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ "ހަކަތައިގެ މާކެޓަށް ގެއްލުން ވާނެ" ކަމަށެވެ.

ރަޝިއާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމުން، މުޅި ދުނިޔޭގެ ތެލުގެ އެކްސްޕޯޓާއި ތެލުގެ ބާޒާރަށް އަސަރު ކުރާނެ ކަމަށް އެނެލިސްޓުން ވެސް ބުނެފައިވެ އެވެ.

ރަޝިއާއިން މީގެ ކުރިން ބުނީ އަގު ކޮންޓްރޯލް ކޮށްގެން އުޅޭ ގައުމުތަކަށް ތެޔޮ ސަޕްލައި ނުކުރާނެ ކަމަށެވެ. ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިއާގެ ތެލުގެ އެކްސްޕޯޓްގެ 50 ޕަސެންޓު ދިޔެއީ ޔޫރަޕަށެވެ.

އެހެން ނަމަވެސް، ޔޫރަޕް ގައުމުތަކުން މިހާރު ދަނީ ރަޝިއާގެ ތެޔޮ ބޭނުންކުރުން މަދު ކުރަމުންނެވެ. އެމެރިކާއިން ރަޝިއާގެ ތެޔޮ މަނާކޮށްފައިވާ އިރު، އިނގިރޭސިވިލާތުގެ ރޭވުމަކީ މި އަހަރު ނިމޭ އިރު ރަޝިއާގެ ތެޔޮ ބޭނުން ކުރުން ހުއްޓާލުމެވެ.

ހުޅަނގުން ރަޝިއާގެ ތެލާ ދުރަށް ޖެހުނު ނަމަވެސް، ހަނގުރާމަ ފެށުނު ފަހުން ޗައިނާ އާއި އިންޑިއާ ފަދަ ބޮޑު މާކެޓުތަކުން ދަނީ ރަޝިއާގެ ތެޔޮ ގަންނަ މިންވަރު އިތުރު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox