ރާއްޖެ - އިންޑިއާއާއި ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް

ރާއްޖޭގެ މައި މަރުކަޒީ ބޭންކު، އެމްއެމްއޭ. މިއަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށް އެ ބޭންކުން ލަފާ ކުރޭ -- ފޮޓޯ: އަދަދު

ރާއްޖޭގެ މައި މަރުކަޒީ ބޭންކު، އެމްއެމްއޭ. މިއަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށް އެ ބޭންކުން ލަފާ ކުރޭ -- ފޮޓޯ: އަދަދު

ދުއިސްތަ މިލިއަން ޑޮލަރު ނުވަތަ 3.08 ބިލިއަން ރުފިޔާގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އާއެކު ރާއްޖޭގެ މަރުކަޒީ ބޭންކުން އިއްޔެ ސޮއި ކޮށްފި އެވެ.

ކަރަންސީ ސްވޮޕްގެ ގޮތުގައި ނަގާ ފައިސާ އަކީ ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އެއްޗެކެވެ. މި އެގްރީމަންޓުގެ ދަށުން އާރުބީއައި އިން 200 މިލިއަން ޑޮލަރާ ހަމައަށް އެމްއެމްއޭއަށް ފައިސާ ނެގޭނެ އެވެ. އެގޮތުން ފައިސާ ނަގާއިރު އެ ނަގާ އަދަދަކަށް އެމްއެމްއޭއިން ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓާނެ އެވެ. އަދި ނެގި ފައިސާ އަނބުރާ ދައްކާ މިންވަރަކުން އާރުބީއައިގައި ބަހައްޓާ ފައިސާ އެމްއެމްއޭއަށް ދެމުން ގެންދާނެ އެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި އެގްރީމަންޓު ހަދާފައި ވަނީ ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކުގެ ދަށުން ކަމަށެވެ. މި އެގްރީމަންޓު ހެދުމުގެ މަގުސަދަކީ ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް، ރާއްޖޭގައި ދައުރު ކުރާ ބޭރު ފައިސާ އިތުރު ކުރުމަށް ސަޕޯޓު ކުރުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އާއެކު ރާއްޖޭގެ މަރުކަޒީ ބޭންކުން އިއްޔެ ސޮއިކުރަނީ. -- ފޮޓޯ:އެމްއެމްއޭ
ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އާއެކު ރާއްޖޭގެ މަރުކަޒީ ބޭންކުން އިއްޔެ ސޮއިކުރަނީ. -- ފޮޓޯ:އެމްއެމްއޭ

ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އާއެކު ރާއްޖޭގެ މަރުކަޒީ ބޭންކުން އިއްޔެ ސޮއިކުރަނީ. -- ފޮޓޯ:އެމްއެމްއޭ

މީގެ ކުރިން 2019 ވަނަ އަހަރު ވެސް އެ ބޭންކާއި އެމްއެމްއޭއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ގާއިމުކޮށްފައިވެ އެވެ. އެމްއެމްއޭއިން އެ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.

ކަރަންސީ ސްވޮޕްގެ ގޮތުގައި ނަގާ ފައިސާ ވެސް އަނބުރާ ދައްކަން ޖެހެނީ އިންޓުރަސްޓަކާ އެކު ކަމުން އެމްއެމްއޭއިން ފައިސާ އަނބުރާ ދައްކާއިރު، ދައްކަން ޖެހޭ ފައިސާ 200 މިލިއަން ޑޮލަރަށް ވުރެ އިތުރު ވާނެ އެވެ. އެހެންނަމަވެސް މި ފައިސާ އަނބުރާ ދައްކަން އެއްބަސްވެފައި ވަނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް އެ ބަޔާނުގައި ނެތެވެ.

ރާއްޖޭގެ އިގުތިސޯދާބެހޭ ތަފާސްހިސާބުތައް އާންމުކުރުމަށް މި މަހު އެއްވަނަ ދުވަހު އެމްއެމްއޭއިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިން ވަނަ ކުއާޓަރުގައި ބޭންކުތަކުގައި ރައްކާކުރި ފައިސާ 10 ޕަސަންޓު ދަށްވެފައިވާ ކަމަށެވެ. ސަބަބެއް ކަމުގައި އެ ރިޕޯޓުގައި ބުނެފައި ވަނީ މުދާ އެތެރެ ކުރުމަށް ކުރާ ހަރަދު ބޮޑުވެ، ބޭންކުތަކުގައި ރައްކާ ކުރާ ބޭރު ފައިސާގެ ނިސްބަތް މަދުވެފައި ވުމެވެ.

އެހެންކަމުން ކަރަންސީ ސްވޮޕްގެ ގޮތުގައި ރާއްޖެއަށް ލިބޭ ފައިސާއިން ބޭރު ފައިސާ ގަނެވިއްކުމަށް ދައުރު ކުރާ ފައިސާ އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް މި ފައިސާ އަނބުރާ ދައްކާއިރު، ރާއްޖޭގެ ރިޒާވަށް އޭގެ އަސަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox