އެމްއެސް ލައިޓު؛ ވަރަށް ވެސް ހިތްގައިމު

އެމްއެސް ލައިޓު؛ ވަރަށް ވެސް ހިތްގައިމު

ވަގުތާއި ހާލަތަކީ އަބަދު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ޒަމާނަށް އަންނަ ބަދަލާ އެކު ދިރިއުޅުމަށް ވެސް އޭގެ އަސަރު ކުރެ އެވެ. ބައެއް ފަހަރު ރަނގަޅު ގޮތުގަ އެވެ. އަނެއްބައި ފަހަރު ނުރަނގަޅު ގޮތުގަ އެވެ.

ކޮންމެއަކަސް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުމާ އެކު ގިނަފަހަރަށް ދިރިއުޅުން ވަނީ ފަސޭހަ އެވެ. މިސާލަކަށް ބަލާނަމަ، ބަރޯ ޕިކަޕަށް ވެއްޖެ އެވެ. ބައިސްކަލު ސައިކަލަށް ވެއްޖެ އެވެ. ޓީވީ ފޯނަށް ވެއްޖެ އެވެ.

މިފަހަރު އަނެއްކާވެސް ތަފާތު ކަމެކެވެ. ޑީކޯޑަރާ ނުލައި ޓީވީ ބެލޭނެ ގޮތެކެވެ. އާންމުކޮށް ބަލާ ހުރިހާ ޗެނަލެއް ހިމެނޭހެން 80 އެތައް ޗެނަލެކެވެ. އެންމެ ފަހުގެ ޓީވީ ސީރީޒްތަކާއި ފިލްމުތަކެވެ. ބޭނުންވަނީ ސްމާޓު ޓީވީއަކާއި އިންޓަނެޓު އެކަންޏެވެ.

ކިތަންމެ ބުރަކޮށް އުޅުނަސް މައްސަލައެއް ނެތެވެ. އޮޅައިގެން ފާއިތުވި ދެ ދުވަހުގެ އެއްޗެހި ބޭނުން ވަގުތަކު ބަލާލެވޭނެ އެވެ. ޕޯސް ކޮށްލާފައި ފަހުން ވެސް ބަލާލެވޭނެ އެވެ. ހަނދާން ބަލި ކަމުގައި ވާނަމަ ބަލަން ބޭނުންވާ އެއްޗެއް އަންނަ ވަގުތަކަށް ރިމައިންޑާ ވެސް ސެޓު ކޮށްލެވޭނެ އެވެ.

ފުރިހަމައެއް ނޫން ހެއްޔެވެ؟ މިއީ މީޑިއާނެޓުގެ އެމް.އެސް ލައިޓުގެ ވާހަކަ އެވެ. ޓީވީ އެޕްލިކޭޝަނެއްގެ ވާހަކަ އެވެ. ޑީކޯޑަރު ބަހައްޓައިގެން ކުރާ ހުރިހާ ކަމެއް މިހާރު މި އެޕު މެދުވެރިކޮށް ކުރެވޭނެ އެވެ.

އެމް.އެސް ލައިޓަށް ރެޖިސްޓާ ވާނީ ކިހިނެއް؟

މީޑިއާނެޓުގެ ކަސްޓަމަރުންގެ ގޮތުގައި މިހާރުވެސް ތިބި މީހުންނަށް މި ލިންކަށް ވެދެލައިގެން އެމް.އެސް ލައިޓަށް ރެޖިސްޓާ ވެވޭނެ އެވެ. މީޑިއާނެޓުގެ ހިދުމަތް އަލަށް ހޯދާ ފަރާތެއް ނަމަ ހަމަ އެ ލިންކަށް ވަދެ، އެމް.އެސް ލައިޓު އެކައުންޓެއް ހަދާނީ އެވެ.

ރެޖިސްޓާ ވުމަށް:

  1. މި ލިންކަށް ޒިޔާރަތް ކޮށްލާ
  2. ފޯނު ނަންބަރު ޖަހައިގެން ލޮގިން ވެލާ
  3. ބެނުންވާ އެކައުންޓެއް ހިޔާރު ކުރޭ (އަލަށް ހިދުމަތް ހޯދާ ފަރާތެއް ނަމަ "ކްރިއޭޓު އެކައުންޓް" އަށް ފިތާލާ)
  4. ސާވިސް އެއްގެ ގޮތުގައި އެމް.އެސް ލައިޓު ހިޔާރުކޮށްލާ
  5. ފޯނަށް ލިބުނު މައުލޫމާތާ އެކު އެޕްލިކޭޝަނަށް ވަދެލާ

އެމް.އެސް ލައިޓު ޑައުންލޯޑު ކުރާނީ ކިހިނެއް؟

  1. ޓީވީގެ އެޕް ސްޓޯރަށް ވަދެލާ
  2. ސާޗު ބާގައި މީޑިއާނެޓު ޖަހާފައި ސާޗު ކޮށްލާ
  3. މީޑިއާނެޓު ޑައުންލޯޑު ކޮށްލާ
  4. އެމް.އެސް ލައިޓު ހުޅުވާލާ

އެމް.އެސް ލައިޓުގެ ހާއްސަ ކަމަކީ ކޮބާ؟

  • ފާއިތުވި ދެ ދުވަހުގެ ޕްރޮގުރާމުތައް އޮޅައިގެން ބަލާލެވޭ
  • އެންމެ ގަޔާވާ ކޮންޓެންޓު ނުވަތަ ޕްރޮގުރާމު ބަލާލަން ރިމައިންޑާ ސެޓު ކޮށްލެވޭ
  • ރިވައިންޑު، ޕޯސް، ޕުލޭ
  • އިލްކްޓުރޯނިކް ޕްރޮގުރާމް ގައިޑު
  • ވީޑިއޯ ކުލަބު
  • މީޑިއާނެޓު ފައިބާ ނެޓުވޯކެއް ނަމަ އިތުރު ޑޭޓާ ހަރަދެއް ނުދޭ (މި ހިދުމަތް އަދި ހަމައެކަނި ލިބޭނީ މާލެ އަދި ހުޅުމާލެއަށް، އަތޮޅު ތެރޭގައި ނަމަ ޑޭޓާ ޗާޖު އަރާފާނެ)

އެހެންކަމުން މީޑިއާނެޓުން މިގެނައި ބަދަލާ އެކު ހަމަ ކަށަވަރުން ވެސް އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ހޯދުމަށް ގަސްތުކުރާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފަސޭހަވެގެން ދާނެ އެވެ. މިއީ ނުހޯދާ ދޫކޮށްލާ ވަރުގެ ހިދުމަތެއް ނޫނެވެ.

ނޯޓު: މި އެޕްލިކޭޝަން ބޭނުން ކުރެވޭނީ ހަމައެކަނި، އެންޑުރޮއިޑު އެޗުޑީ، އެލްޖީ، ސޭމްސަންގު ސުމާޓު ޓީވީތަކާއި ގޫގުލް ކުރޯމްކާސްޓު މެދުވެރިކޮށް.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox