މޮރޮކޯ އަށް އޮތް ސަޕޯޓް ފެނިފައި ޒިޔެޗް އުފަލުން

Dec 8, 2022, 4:48 AM
ޒިޔެޗް (ވ) އާއި ހަކީމީ: މޮރޮކޯ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި މި ދެކުޅުންތެރިން ފާހަގަކުރަންޖެހޭ.

ޒިޔެޗް (ވ) އާއި ހަކީމީ: މޮރޮކޯ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި މި ދެކުޅުންތެރިން ފާހަގަކުރަންޖެހޭ.

އަލް ރައްޔާން، ގަތަރު (ޑިސެމްބަރު 8) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ މޮރޮކޯ ޓީމަށް އަރަބި ގައުމުތަކުންނާއި ގިނަ ފުޓްބޯޅަ ސަޕޯޓަރުން ދޭ ސަޕޯޓް ފެނިފައި ވަރަށް ހިތްހަަމަ ޖެހޭ ކަމަށް މޮރޮކޯ ޓީމުގެ ތަރި ހަކީމް ޒިޔެޗް ބުނެފި އެވެ.

މޮރޮކޯ އިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ވޯލްޑް ކަޕްގެ ގަދަ އަށް ޓީމުގެ ތެރެއިން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ، މޮރޮކޯ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެެވެ.

މި ފަަހަރުގެ ވޯލްޑް ކަޕަކީ މެދުއިރުމަތީގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު، މި ފަހަރުގެ މުބާރާތް އޮތީ އަރަބިންނާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އަރަބި ގައުމުތަކުން މި ވަގުތު ސަޕޯޓް ކުރަނީ މޮރޮކޯ އަށެވެ. އަދި ގިނަ މުސްލިމް ފުޓްބޯޅަ ސަޕޯޓަރުން މިހާރު ތިބީ މޮރޮކޯ ފަޅީގަ އެވެ.

"އަހަރެން ވަރަށް އުފާވޭ އަސްލު މިހާ ބޮޑު ސަޕޯޓެއް މޮޮރޮކޯ ޓީމަށް ލިބޭތީ. ހަގީގަތުގައި މިއީ ވަރަށް ބޮޑު ފަރަގެއް ޓީމުގެ ކުޅުމަށް ވެސް ގެންނަ ކަމެއް. އަހަރެމެން މި ތިބީ މި ހިސާބުން ނިންމާލާ ގޮތަކަށް ނޫން. ކުރިއަށް އޮތް ޗެލެންްޖްތަކަށް ވެސް މި ސަޕޯޓާ އެކު ތައްޔާރު،" މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަލުން ގައުމީ ޓީމަށް އެނބުރި އައި ޒިޔެޗް ބުންޏެވެ.

ޒިޔެޗްގެ އެނބުރި އައުން އުފާވެރި

ޒިޔެޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ މޮރޮކޯގެ ކުރީގެ ކޯޗު ބޮސްނިއާގެ ވަލީދު ހަލިލޮދްޒިޗާ ޖެހުނު މައްސަލައެއްގަ އެވެ. ހަލިލޮދްޒިޗް، ޓީމު ނަގާ ގޮތަށް އިޝާރާތްކޮށް ޒިޔެޗް ދެއްކި ވާހަކައަކާ ގުޅިގެން މައްސަލަ ހޫނުވެ، އެންމެ ފަހުން ޒިޔެޗް ނިންމީ މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމުން ރިޓަޔާކުރާށެވެ. އެކަމާ ބެހޭގޮތުން، ހަލިލޮދްޒިޗް، ބުނީ ޒިޔެޗް، އަނިޔާވެގެން މަކަރު ހަދައިގެން ކުޅެން ބޭނުންނުވާ ވާހަކަ ދެއްކުމުން ހިތްހަމަނުޖެހިގެން ކުޅުން ހުއްޓާލީ ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ބޯމަތިވެފައި އޮއްވައި، މިދިޔަ އޮގަސްޓް މަހު، މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ހަލިލޮދްޒިޗް މަގާމުން ދުރުކުރީ އޭނާ ހުރެގެން ވޯލްޑް ކަޕް ކަހަލަ މުބާރާތަކަށް ދިއުމަކީ ޓީމުގެ މަސްލަހަތު ގެއްލޭ ގިނަ ކަންތައްތަކެއް ހިނގާނެ ކަމެއް ކަމަށް ބެލެވުމުންނެވެ. އަދި ޓީމުގައި ތިބި ޒިޔެޗް އާއި ނުސައިރު މަޒްރައޮއީ ފަދަ ކުޅުންތެރިން ލައިގެން ކުރިއަށް ދިއުމުގައި ހަލިލޮދްޒިޗަށް ހައްލެއް ނުހޯދޭނެތީ އެވެ.

ހަލިލޮދްޒިޗަށް ފަހު މޮރޮކޯއާ ހަވާލުވި، ވަލީދު ރެޒްރާގީގެ އިރުޝާދުގެ ދަށުން ކުޅެން ޒިޔެޗް އެނބުރި ގައުމީ ޓީމަށް އައިއިރު، އެ ޓީމު ވެސް މިހާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް ޒިޔެޗް ވަނީ ފާހާގަކޮށްފަ އެވެ.

މޮރޮކޯ އިން އެންމެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެންމެ ފަހުން ކުޅުނީ 1986 ވަނަ އަހަރު އެވެ. އެ ފަހަރު ނޮކައުޓް ފުރަތަމަ މެޗުން ބަލިވެ ކެޓީ އެވެ. އެކަމަކު، މި ފަަހަރު މޮރޮކޯ އިން މި ވަނީ ގަދަ 16 ޓީމުގެ ބުރު ފަހަނައަޅައި ގޮސް، އެ ގައުމުގެ ފުޓްބޯޅައިގައި ތާރީހީ ކަމެއް ހާސިލްކޮށްފަ އެވެ. އެކަމަކު، ޒިޔެޗް ހުރީ އެ ގައުމުގެ ފުޓްބޯޅައިގެ މި ކާމިޔާބީގެ ދަތުރު އަދިވެސް ފުރިހަމަ ކުރަން އަމާޒުހިފައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox