ހައި ސްޕީޑު ހޯމް އިންޓަނެޓުގެ އަންލިމިޓެޑް ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

އާ ޕެކޭޖުތައް ލޯންޗުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

އާ ޕެކޭޖުތައް ލޯންޗުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ގޭގައި އިންޓަނެޓު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ހައި ސްޕީޑު ހޯމް އިންޓަނެޓުގެ އަންލިމިޓެޑު ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ދިރާގުން އަލަށް ތައާރަފުކޮށްފައި ވަނީ ހޯމް އިންޓަނެޓުގެ 50 އެމްބީ އަދި 100 އެމްބީގެ އަންލިމިޓެޑު ދެ ޕެކޭޖެވެ. އެގޮތުން، 50 އެމްބީޕީއެސް ސްޕީޑުގެ ޕެކޭޖުގެ މަހު ފީއަކީ 1490ރ. އެވެ. އަދި، 100 އެމްބީޕީއެސް ސްޕީޑުގެ ޕެކޭޖުގެ މަހު ފީއަކީ 2800ރ. އެވެ.

މި ހިނގާ މަސް ނިމުމުގެ ކުރިން މި ޕެކޭޖުތައް އަލަށް ނަގާ ފަރާތްތަކަށް ހިލޭ ރައުޓަރަކާ އެކު އެއްވެސް ފީއަކާ ނުލައި ހިލޭ ގުޅައިވެސް ދޭނެ ކަމަށް އަލަށް ތައާރަފު ކުރި މި ޕެކޭޖުތަކާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމާ އެފްބީބީ، ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

އޭގެއިތުރުން، ދިރާގު ފައިބަރު 50 އެމްބީޕީއެސްގެ ލިމިޓެޑު ޕެކޭޖު ބޭނުން ކުރަމުން އައި ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި 50 އެމްބީޕީއެސްގެ އަންލިމިޓެޑު ޕެކޭޖަށް މިހާރު އަޕްގުރޭޑު ކޮށްދީފައި ވާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

އޭނާ ބުނީ މި ޕެކޭޖުތައް ނަގާ ފަރާތްތަކަށް އެއްވެސް ބުރުލެއް ނާރައި މަސް ނިމެންދެން ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި ޕެކޭޖުތައް ލޯންޗު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓު މެނޭޖަރު އެޑްވަޓައިޒިން، އިވެންޓްސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖުތައް ފަރުމާކޮށް ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"މި ތައާރަފު ކުރެވުނު ފައިބަރު ބުރޯޑުބޭންޑުގެ ދެ ޕެކޭޖާ އެކު އަޅުގަނޑުމެން ދެމުންގެންދާ އިންޓަނެޓުގެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ޝާރިހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަހުގައި ބާކީ މިއޮތް ދުވަސްކޮޅުގައި ވީހާވެސް ގިނަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފައި ދިރާގުގެ ނެޓުވޯކާ ގުޅުމަށް ދައުވަތު އަރުވާ ކަމަށާއި މި ހިދުމަތަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ވީ އެންމެ އަވަހަކަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދިރާގަކީ މުވާސަލާތީ ހިދުމަތްދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުންޏެވެ. 1988, ގައި ދިވެހިރާއްޖޭގެ ގުޅުމުގެ ނަމުގައި ފެށި އެ ކުންފުނިން ދަނީ ޖުމްލަ ނުވަ ސާވިސް ސެންޓަރު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ހިދުމަތް ދެމުންނެވެ. ގާތްގަނޑަކަށް ބައި މިލިއަނެއްހާ ކަސްޓަމަރުން އެ ކުންފުނިން ހިދުމަތް ހޯދަމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox