ހައުސް އޮފް ލޯޑްސް އުވާލަން އިނގިރޭސި އިދިކޮޅު ޕާޓީއިން ވައުދުވެއްޖެ

ލަފާކުރެވޭ ގޮތުގައި ދެން އެންމެ އަވަހަށް އޮންނަ އާއްމު އިންތިހާބުގައި ލޭބާ ޕާޓީއިން ކުރި ހޯދާނެ. -- ފޮޓޯ: އޭއެފްޕީ

ލަފާކުރެވޭ ގޮތުގައި ދެން އެންމެ އަވަހަށް އޮންނަ އާއްމު އިންތިހާބުގައި ލޭބާ ޕާޓީއިން ކުރި ހޯދާނެ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސް އުވާލުމަށް އިދިކޮޅު ލޭބާ ޕާޓީއިން ވައުދުވެއްޖެ އެވެ.

ހައުސް އޮފް ލޯޑްސްގެ މެމްބަރުންނަކީ އިންތިހާބުކޮށްފައި ތިބޭ ބަޔެއް ނޫނެވެ. ލޭބާ ޕާޓީއިން ހުށަހެޅީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ހައުސް އޮފް ލޯޑްސް އުވާލުމަށެވެ.

ޖެނުއަރީ 2025 ގައި އޮންނަ އާއްމު އިންތިހާބުގައި ލޭބާ ޕާޓީއަށް ވެރިކަން ލިބޭނެ ކަމަށް ބެލެވެ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ މިހާރު ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕާޓީއަށް ތާއީދު ކުޑަ ކަމަށެވެ.

ލޭބާ ޕާޓީގެ ލީޑަރު ކެޔާ ސްޓާމާ ވައުދުވެވަޑައިގެންނެވީ "ޕާލަމެންޓުގެ އަތުގައި އޮތް ބާރުތައް އިނގިރޭސި ރައްޔިތުންނަށް ހޯދައިދިނުމަށެވެ."

އެ ޕާޓީއިން އިސްލާހީ ބަދަލު ގެނައުމުގެ ކަރުދާސް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވީ ކުރީގެ ބޮޑު ވަޒީރު ގޯޑަން ބްރައުން އެވެ.

އެ ކަރުދާސް ހުށަހެޅުމަށް ލީޑްސްގައި އޮތް އެއްވުމެއްގައި ސްޓާމާ ވިދާޅުވީ ފާއިތުވި 12 އަހަރު ކޮންޒަވޭޓިވް ވެރިކަމުގައި އިގުތިސާދު ފެއިލްވެފައި ވަނީ ތަރައްގީ އާއި ކުރިއެރުން އެއް ތަނަކަށް ޖަމާކުރުމުން ކަމަށެވެ.

ލޭބާ ޕާޓީގެ ކަރުދާހަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާނެ އެވެ. އޭގެ ފަހުން ގެނެވޭ ބަދަލުތަކާ އެކު ކުރިއަށް އޮތް އިންތިހާބަށް ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރާނެ އެވެ.

ސްޓާމާ ވިދާޅުވީ ލޭބާ ސަރުކާރެއް އައުމާ އެކު ފަސް އަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ 50،000 ވަޒީފާ ލަންޑަނުން ބޭރުގައި އަދާކުރާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.

އޭގެ އިތުރުން ޕާލަމެންޓް މެމްބަރުން އެ މަގާމުގައި ތިބޭ އިރު އެހެން ވަޒީފާތައް އަދާކުރުން މަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް އާ ކޮމިޝަނަރެއް އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާޅީސް ކަމެއް ހިމެނޭ ކަރުދާހުގައި އެންމެ ބޮޑު ކަމަކަށް އޮތީ ހައުސް އޮފް ލޯޑްސް އުވާލުމެވެ. މިހާރު އެ ތަނުގެ މެމްބަރުންނަކީ އައްޔަނު ކުރާ މީހުންނާއި، ގޮނޑި ވާރުތަވާ މީހުންނާއި، ފާދިރީންނެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ހައުސް އޮފް ލޯޑްސް އުވާލަން. އޭގެ ބަދަލުގައި އޮންނަން ޖެހޭނީ ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކުރަން އިންތިހާބީ މެމްބަރުން ތިބޭ ތަނެއް."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox