މި އަހަރު އެކަނި ވެސް އޮޅުވާލައިގެން 23 މިލިއަން ރުފިޔާ އަތުލާފައިވޭ

މި އަހަރު މިހާތަނަށް 23 މިލިއަން ރުފިޔާ އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ފުލުހުން ބުނޭ--

މި އަހަރު މިހާތަނަށް 23 މިލިއަން ރުފިޔާ އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ފުލުހުން ބުނޭ--

މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލައެއްގައި 23 މިލިއަނެއްހާ ރުފިޔާގެ އަތުލާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވެފައިވަނީ މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަ އެވެ.

"މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަ [ފުލުހުންނަށް] ހުށަހަޅައިފައިވޭ، އަދި ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވޭ،" ސީޕީ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރި ދުވަސްވަރު އެފަދަ ކުށްތައް އިތުރުވެފައިވާކަން ފާހަގަކޮށް ސީޕީ ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަކީ ފުލުހުން އެންމެ ބޮޑަށް އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގައި އެންމެ އާންމުކޮށް ބޭނުން ކުރާ އުކުޅަކީ ގުޅައިގެން ފައިސާ ހޯދުން ކަމަށްވާއިރު، މިފަދަ ގިނަ ކޯލުތައް ކުރަނީ ގައިދީން ވަގަށް ޖަލަށް ފޯނު ވައްދައިގެން ކަން ފާހަގަވެފައިވާ ކަން ހަމީދު ފާހަގަކުރެއްވި އެވެ.

"މި މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރާއިރު އަޅުގަނޑުމެން ހުރިހާ މުވައްސަސާތަކެއް އެއް ޕޭޖެއްގައި ތިބެގެން މަސައްކަތް ކުރުން [މުހިންމު]، އަޅުގަނޑުމެން ހުރިހާ މުވައްސަސާތަކުގެ އަންޑަސްޓޭންޑިން އަކީ އެއް އަންޑަސްޓޭންޑިންއަކަށް ގޮތުގައި ދެމެހެއްޓިގެން މިކަމުގައި ހައްލު ހޯދުން،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޭމް ކޯލުތައް ހުއްޓުވުމުގެ ގޮތުން 590 ސިމް ކާޑެއް ޑިސްކަނެކްޓުކޮށް، 532 އައިއެމްއީއައި ނަމްބަރެއް ބްލެކްލިސްޓު ކުރުމުގެ އިތުރުން 10 އައިޕީ އެޑްރެހެއް ބްލޮކް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox