ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ނިޒާމްބެ: ބުނަނީ އާ ޗެލެންޖެއް ކަމަށް

Dec 1, 2022, 9:52 AM
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ނިޒާމްބެ: ބުނަނީ އާ ޗެލެންޖެއް ކަމަށް

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އަންނަ ސީޒަނުގައި މުޅިން އަލަށް ވާދަކުރަން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާކާރު ކޯޗެއް ކަމަށްވާ މުހައްމަދު ނިޒާމްބެ ހަމަޖައްސައިފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދި ބުރު ސްޕޯޓްސް ކްލަބުން ނިޒާމްބެއާ އެކު ސޮއިކޮށްފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

"ބުރުގެ ހުށަހެޅުން ވެސް ރަނގަޅުވެފައި، ކެރިއަރުގައި އާ ޗެލެންޖެއް ނެގުމުގެ ބޭނުމުގައި ބުރަށް ޖޮއިން ކުރީމި،" ބުރު ސްޕޯޓްސް ކްލަބާ އެކު ސޮއިކުރިކަން ކަށަވަރު ކޮށްދިނުމަށް ފަހު، ނިޒާމްބެ، "އަދަދު" އަށް ބުންޏެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

ޓީސީގެ ކޯޗުކަމާ މިދިިޔަ ސީޒަނުގައި ދެ ވަނަ ފަހަރަށް ހަވާލުވި ނިޒާމްބެ އަކީ ޓީސީން 2014 ވަނަ އަހަރު ދެ ވަަނަ ޑިިވިޝަން ކާމިޔާބުކޮށް، ކޮލިފިކޭޝަން ބުރެއް ކުޅެގެން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗެވެ. ނިޒާމްބެ ވަނީ އަހަރަކަށް ފަހު އަހަރެއް ޓީސީ ކުރިއަރުވައިދީ އެ ކްލަބަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ޓީސީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރީ ނިޒާމްބެ ކޯޗުކަމުގަ އެވެ. އެ ޓީމު އޭއެފްސީ ކަޕާ ހަމައަށް ވެސް ގެންގޮސްދީ ޓީމެއް އެކުލަވާލުމުގައި މުހިންމު މަސައްކަތްތަކެއް ކުރި އެވެ. އަދި 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތް، ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ ސީޒަނުގައި ނިޒާމްބެ ޓީސީއާ ދެ ވަނަ ފަހަރަށް ހަވާލުވެ، ޒުވާން ކުޅުންތެރިންތަކެއް ލައިގެން ނިސްބަތުން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ފުޓްބޯޅަ ކެރިއަރުގައި ވެލެންސިއާ އަށް ކުޅުނު ނިޒާމްބެ، ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިން ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ. އެއީ ސަރަަހައްދީ ވަރުގަަދަ ލީގެއް އޮންނަ ގައުމެއްގައި ދިވެހި ކޯޗަކަށް ލިބުނު މި ފަދަ ފުރަތަމަ ފުރުސަތެވެ.

ރާއްޖޭގެ ގަަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުރު މުއްދަތެއްގައި ކޯޗުކޮށްދިން ނިޒާމްބެ ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ޓީމުގެ ވެސް ހެޑް ކޯޗުގެ ޒިންމާ އުފުލައިފަ އެވެ. ނިޒާމްބެ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކްލަބް ވިޔަންސާ އަށް ވެސް އިރުޝާދު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox