ހެކި ނައްތާލުމަށް އަމިއްލަ ފޯނު ހަލާކުކޮށްލި މީހަކު 68،000ރ. ޖޫރިމަނާކޮށްފި

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ހެކި ނައްތާލުމަށް އަމިއްލަ ފޯނު ހަލާކޮށްލި މީހަކު 68،000ރ. އިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައި ވަނީ ކުޑަކުއްޖަކު ފިއްލުވައިގެން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފިރިހެނެކެވެ. އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާގެ ފޯނުގެ ފިންގާޕްރިންޓް އަދި ފޭސްރިކޮގްނިޝަން ރިމޫވްކުރުމަށް ދިނީ މެއި 16، ގަ އެވެ.

އޭނާއާ ފޯނު ހަވާލުކުރީ ފުލުހެއް ކަމަށާއި ފޯނު ހަވާލުކުރުމުން އޭނާ ވަނީ ޓައިލްސްމަތީގައި ޖަހާ ފޯނު ހަލާކުކޮށްލާފައި ކަމަށް ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މި މައްސަލަ ނިމުނުގޮތުގެ ޤަޒިއްޔާގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެ މީހާ ވަނީ މި މައްސަލާގައި އިތުރަށް ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ. ވަކީލަކު ހަމަޖެއްސުމަށް އޭނާއަށް 10 ދުވަހުގެ މުއްދަތެއް ދިނެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާ ވަކީލަކު ހަމަޖައްސާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

މި އޮގަސްޓު 25، ގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލުހުކުމެއް އަތުވެދާނެ ކަމަށާއި، ނަމަވެސް މި ކުށަށް އޭނާ އަމިއްލައަށް އިއުތިރާފްވެއްޖެ ހާލަތެއްގައި ކަނޑައެޅޭ އަދަބުގެ އެއް ދަރަޖަ ކުޑަވެ އެއް އަހަރާއި 12 ދުވަހުގެ މުއްދަތުގެ ޖަލުހުކުމެއް އަތުވެދާނެ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން މަރުހަލާގައި ކުށަށް އިއުތިރާފްވެފަ އެވެ.

ފޯނު ހަލާކުކޮށްލާ ހެކި ނައްތާލުމަށް މަސައްކަތް ކުރި ކުށަށް ދައުވާ ލިބޭ މީހާ އިބްތިދާއީ އަޑުއެހުން މަރުހަލާގައި އެއްބަސްވުމުން މި މައްސަލަ ދެން ކުރިއަށް ގެންގޮސްފައި ވަނީ އަވަސް ނިޔާއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox