ޗައިނާގެ އާ ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވައިފި

ޗައިނާގެ ޖައްވީ ސްޓޭޝަން. -- ފޮޓޯ: ސްޕޭސް ސެންޓާ

ޗައިނާގެ ޖައްވީ ސްޓޭޝަން. -- ފޮޓޯ: ސްޕޭސް ސެންޓާ

ޗައިނާއިން ޖައްވުގައި ހެދި ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވައިފި އެވެ. ތިން އެސްޓްރޮނޯޓުން ޓިއަންގޮންގް ސްޓޭޝަނަށް ދިޔައީ ޝެންޒައު-15 ޖައްވީ އުޅަނދުގަ އެވެ.

ޗައިނާގެ ގޯބީ ސަހަރާގައި ހުންނަ ޖިއުކުއާން ލޯންޗު ސެންޓަރުން އެ މީހުން ދަތުރު ފެށީ ލޯންގް މާޗް-2އެފް ރޮކެޓެއްގައި ޗައިނާ ގަޑިން އަންގާރަ ދުވަހުގެ ރޭ 11:08 ގަ އެވެ.

އެ ޓީމުގައި ހިމެނޭ އެސްޓްރޮނޯޓުންނަކީ ފެއި ޖުންލޯންގް އަދި ޑެންގް ގިންގްމިންގް އާއި ޒާންގް ލޫ އެވެ. އޭގެ ތެރެއިން ޑެންގް އާއި ޒާންގްއަކީ މުޅިން އަލަށް ޖައްވަށް ދިޔަ ދެ އެސްޓްރޮނޯޓުންނެވެ.

އުމުރުން 57 އަހަރުގެ ފެއި އެންމެ ފަހުން ޖައްވަށް ދިޔައީ މީގެ 17 އަހަރު ކުރިން ޝެންޒައު-6 މިޝަންގައި 2005 ވަނަ އަހަރު އެވެ.

މިދިޔަ ޖޫން މަހު ޖައްވަށް ދިޔަ ތިން އެސްޓްރޮނޯޓުން މިހާރު ވެސް ޓިއަންގޮންގް ސްޓޭޝަނުގައި އެބަ ތިއްބެވެ. އަންގާރަ ދުވަހު ދަތުރު ފެށި އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނުގައި އެ މީހުންނާ ބައްދަލުކުރާނެ އެވެ.

އާ ކްރޫގެ މިޝަންގެ މައިގަނޑު ޒިންމާތަަކަކީ ޖައްވީ ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓް ހަރުކޮށް، ސައިންޓިފިކް ތަހުލީލުތައް ކުރުމެވެ.

ޖައްވީ ސްޓޭޝަނަކީ ޗައިނާގެ ޖައްވީ ޕްރޮގްރާމުގެ އެންމެ މުހިއްމު އެއް ލަނޑުދަނޑި އެވެ. ޗައިނާއިން މީގެ ކުރިން ވަނީ މާސް އާއި ހަނދަށް ރޮބޮޓް އުޅަނދު ފޮނުވައިފަ އެވެ.

ޗައިނާގެ ޖައްވީ ޕްރޮގްރާމުގެ ދަށުން އަންނަަ އަހަރު ޓެލެސްކޯޕެއް ވެސް ލޯންޗުކުރާނެ އެވެ. ގިނަ ހަރަދުތައް ކުރަމުންދާ ޗައިނާގެ އުއްމީދަކީ ޖައްވީ މިޝަންތަކުގައި އެމެރިކާ އާއި ޗައިނާއާ އެއް ހަމައަކަށް ދިޔުމެވެ.

ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އިން ޗައިނާ ބާކީކުރީ 2011 ވަނަ އަހަރު އެވެ. އެ އަހަރު އެމެރިކާ ސަރުކާރުން ނާސާއަށް އެންގީ ޗައިނާއާ އެކު މަސައްކަތް ނުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox