ހުވަދު އަތޮޅު އެތެރެވަރިއަށް ދިޔަވި ފުވައްމުލަކުގެ ބޯޓަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ހުވަދު އަތޮޅު ސަރަހައްދަށް ދިޔަވީ ފުވައްމުލަކު "ފުރުސަތު" ނަމަކަށް ކިޔާ ބޯޓެކެވެ.
އެކަމާ ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނީ ގއ. ވިލިނގިލި ކައިރިން ދަތުރުކުރަމުން ދިޔަ ބޯޓެއް ދިޔަވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:10 ހާއިރު ކަމަށެވެ.
އެ ބޯޓުގައި ތިން ދިވެހިންނާއި ދެ ބިދޭސީން ތިބި އިރު ފުލުހުން ބުނީ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
މިހާރު އެ ބޯޓް ގދ. ގައްދޫއާ ދިމާލަށް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.














