ވޯލްޑް ކަޕްގެ ކުލަގަދަކޮށްލަން އޫރީދޫގެ ފުޓްބޯޅަ ފޯރި

އުރީދޫ ފުޓްބޯޅަ ފޯރީގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ފުޓްބޯޅަ ފޯރީގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަ ކުރުމުގެ ގޮތުން "އުރީދޫ ފުޓްބޯޅަ ފޯރި" ލޯންޗުކޮށްފި އެވެ.

އުރީދޫން އަންނަނީ ވޯލްޑް ކަޕާ ދިމާކޮށް ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން، ގަތަރަށް ގޮސް މެޗު ބެލުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން މިދިޔަ ހަފްތާގައި ވަނީ ހޮވާފަ އެވެ.

އޭގެ އިތުރުން، އެ ކުންފުނީގެ މުވައްޒަފުން ވެސް ވޯލްޑް ކަޕްގެ ބައެއް މެޗުތައް ބެލުމަށް ގަތަރަށް ދާނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ޕްރޮމޯޝަންތަކުގެ ތެރެއިން އެންމެ ހާއްސަ ކަމެއްގެ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް އެންމެން އެއް ތަނެއްގައި ތިބެ ޖޯޝާއި ފޯރިއާ އެކު ބެލުމުގެ ފުރުސަތު ހޯދައިދިނުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ފޭން ޒޯނެއް ގާއިމުކުރުމަށް އުރީދޫން ވަނީ ނިންމާފަ އެވެ. މާލެ ސަރަހައްދުގައި 14 ފޭން ޒޯނެއް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް އޮތީ މީޑިއާނެޓުގައި ކަމަށްވާއިރު އެ ކުންފުންޏާ ގުޅިގެން އުރީދޫން ވަނީ ގިނަ އޮފާތަކެއް ފަށަން ނިންމާފަ އެވެ. އެގޮތުން، ކޮންމެ ތަނެއްގައި ހުރެ ވެސް ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން 250ރ. އަށް 100 ޖީބީ ޑޭޓާއާ އެކު އެމްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލްގެ ސަބްސްކްރިޕްޝަން ލިބިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.

ހަމައެހެންމެ "ގޯލާ" އެޕާ އެކު އެ ކުންފުނިން ކުރިއަށްގެންދާ ސްކޯ ދިމާ ކުރުމުގެ ހަރަކާތުން އެންމެ މަތީ ވަނަތައް ލިބޭ ހަތް މީހަކަށް ރިސޯޓު ދަތުރަކާއި، އައިފޯން 14 ގެ އިތުރުން ސީގިއާގެ އިނާމުތައް ލިބޭނެ އެވެ.

އޭގެ އިތުރުން، އުރީދޫ ނޭޝަންގެ ދަށުން ރާއްޖޭގައި ހަތަރު ސިޓީއެއްގައި ފީފާ 2023 މުބާރާތްތައް ވެސް ކުރިއަށްގެންދާނެ އެވެ. މި މުބާރާތްތަކަށް އިނާމުތަކެއް ގޮތުގައި ޕީއެސް5 އަދި ޓީވީ ވަނީ ކަނޑައަޅާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް އިއުލާނު ކުރަން ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް އަކީ ގަތަރު ފީފާ ވޯލްޑުކަޕުގެ ރާއްޖެ ކަވަރެޖުގެ ޓައިޓަލް ސްޕޮންސަރެވެ. އޭގެއިތުރުން އުރިދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ މިފަހަރުގެ ވޯލްޑުކަޕުގެ އޮފިޝަލް ގުލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox