އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑުކަޕަށް ހާއްސަކޮށް ވީޑިއޯ ލަވައެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފި އެވެ.
ވޯލްޑުކަޕުގެ ފޯރި ރާއްޖޭގައި ގަދަ ކުރުމަށްޓަކައި ފުޓުބޯޅަ ފޯރީގެ ނަމުގައި އުރީދޫއިން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ލޯންޗުކުރި މި ލަވަޔަކީ އުރީދޫ ވޯލްޑުކަޕް 2022، ގެ ރަސްމީ ލަވަ، "އަރްބޯ" ގެ ދިވެހި އުފެއްދުމެވެ.
ދިވެހި ރަހަތައް ހިމަނައިގެން މި ލަވަ ހުށަހަޅައިދީފައި ވަނީ މޯލްޑިވިއަން އައިޑޯލްގެ ދެވަނަ ސީޒަން އިން ވިދާލި ލަވަކިޔުންތެރިޔާ އައިޝަތު ޖައިޝާއާއި ހަބޭސް ބޮޑުބެރު ގުރޫޕުގެ ލަވަ ކިޔުންތެރިންނެވެ. ފަރި ނެށުންތަކާ އެކު ގެނެސްދީފައިވާ މި ލަވައިގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް އުރީދޫއިން އަންނަނީ ވޯލްޑުކަޕާ ގުޅުވައިގެން ހިންގުމަށް ތައްޔާރުވަމުންނެވެ.
އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ފޭންޒޯންތައް ގާއިމުކުރުމާއި، މީޑިއާނެޓާއި ގުޅިގެން ވޯލްޑުކަޕުގެ ހުރިހާ މެޗުތަކެއް އެމްއެސް ލައިޓު އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ގޮތަށް ޑޭޓާ ޕެކެއްގެ އިތުރުން ވޯލްޑުކަޕު ބަލަން ގަތަރަށް ދާ މީހުންނަށް ހާއްސަ، އެއް ޓީބީގެ ރޯމިން ޕެކޭޖެއް ވެސް އެ ކުންފުނިން ވަނީ ތައާރަފުކުރަން ނިންމާފަ އެވެ.
ވޯލްޑުކަޕު ފެށުމަށް އެންމެ ދެ ދުވަހަށް ވެފައިވާއިރު، އުރީދޫއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ލޯންޗުކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސް އަކީ ގަތަރު ފީފާ ވޯލްޑުކަޕުގެ ރާއްޖެ ކަވަރެޖުގެ ޓައިޓަލް ސްޕޮންސަރެވެ. އޭގެއިތުރުން އުރިދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ މިފަހަރުގެ ވޯލްޑުކަޕުގެ އޮފިޝަލް ގުލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑަރެވެ.











