މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެންމެ ފަހު މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މ. ނިރުފެހިގޭގައި ހިނގި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައިވެ އެވެ. އެއީ އިންޑިއާގެ ތިން ފިރިހެނުންނާއި އެ ގައުމުގެ ހަތަރު ފިރިހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.
މިހާތަނަށް ދެނެގަނެވިފައިނުވާ މީހާއަކީ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި، އެމްބަސީތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑުތައް ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.














