ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަން: ގުރައިދޫން ހައްޔަރުކުރީ އިއްޔެ އެރަށަށް ދިޔަ އައްޑޫ ދެ މީހުން

މިދިޔަ އަހަރު މާލޭގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މިދިޔަ އަހަރު މާލޭގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މިހާރު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ކ. ގުރައިދޫން ހައްޔަރުކޮށްފައިވަނީ އެ ރަށަށް ދިޔަ އައްޑޫ އަށް ނިސްބަތްވާ ދެ މީހުންކަން "އަދަދު" ނޫހަށް ކަށަވަރުވެއްޖެ އެވެ.

މިކަމާއި ގުޅިގެން "އަދަދު" ނޫހަށް މައުލޫމާތު ދެމުން ކ. ގުރައިދޫ ކައުންސިލްގެ މެންބަރަކު ބުނެފައިވަނީ އައްޑޫއަށް ނިސްބަތްވާ އެ ދެމީހުން ތިބީ އެރަށުގައި ކުއްޔަށް ދޫކުރާ ގެއެއްގައި ކަމަށެވެ. އެ ގެ ކުއްޔަށް ހިފައިގެން އުޅެނީވެސް އައްޑޫ މީހެއް ކަމަށް ބުންޏެވެ.

"ރޭ ދަންވަރު ސިފައިން އައިސް ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށްގެން ގެންދިޔައީ" ގުރައިދޫ ކައުންސިލް މެންބަރު

ކައުންސިލް މެންބަރު ބުނެފައިވަނީ ރޭގެ ވަގުތެއްގައި އޮޕަރޭޝަން ހިނގިކަން ރަށުގެ ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އަދި، އެ ދެމީހުން އެރަށަށް ދިޔަ ބޭނުމެއްވެސް ނޭނގޭ ކަމަށް ބުންޏެވެ. ގުރައިދޫ އަކީ އާންމުކޮށް ހަފުތާ ބަންދުގައި ގިނަ ބަޔަކު ދާ ރަށެއް ކަމުން އާންމުންނަށްވެސް އެމީހުންގެ ކިބައިން ވަކި ކަމެއް ފާހަގަ ނުވާކަމަށްވެ އެވެ.

ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގުރައިދޫގެ އިތުރުން މިހާތަނަށް މީހުން ހައްޔަރުކޮށްފައިވަނީ މާލެ އަދި އައްޑޫ ސިޓީއިންނެވެ. އެގޮތުން އައްޑޫއިން 9 މީހަކު އަދި މާލެއިން 2 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި އޮޕަރޭޝަން ހުއްޓައިނުލާ ކުރިއަށްދާ ކަމަށާއި ދެވެން ހުރި ވަރަކުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އޮޕަރޭޝަނުގައި އިއްޔެ ވަނީ އައްޑޫގެ ގެއެއް ބަލައި ފާސްކޮށްފަ އެވެ. ފުލުހުން އިއްޔެ ބުނީ އައްޑޫގެ ކަނޑުގެ ސަރަހައްދުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށެވެ.

މީގެ ކުރިންވެސް ސަލާމަތީ ބާރުތަކުންވަނީ އައްޑޫގައި ޓެރަރިޒަމާއި ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގައި ހިންގި މިފަދަ އޮޕަރޭޝަނެއްގައި އައްޑޫއިން ނުވަ މީހަކު ހައްޔަރުކުރި އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެންވެސް އައްޑޫއިން އަށް މީހަކު ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox