ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް ކޯޓުން އަނެއްކާ ވެސް އިއްވައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އަލަމްގީރްގެ މައްޗަށް ދައުވާކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ މި ދައުވާއަށް އޭނާ އިބްތިދާއީ މަރުހަލާގަ އާއި އަވަސްނިޔާގެ ޝަރީއަތުގައި އިއުތިރާފްވެފައިވާތީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އަލަމްގީރް ވަނީ ގިނަ އަދަދެއްގެ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވެފަ އެވެ. އޭނާގެ މައްސަލަ ފުލުހުން ބަލަން ފެށީ އޭނާ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.
އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ވަގުތު ވީޑިއޯކުރި ކަމަށް އަލަމްގީރް ވަނީ އިއުތިރާފްވެފަ އެވެ.
މީގެ ކުރިން ވެސް ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ކޯޓުން ހުކުމްކޮށްފަ އެވެ.














