ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ)ން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ގަމު އިސް މެޖިސްޓްރޭޓް އަބްދުލްގަފޫރުއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލާގެ ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.
އަބްދުލްގަފޫރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 77 ވަނަ ބައްދަލުވުމުގަ އެވެ.













